
މާލޭ މޭޔަރު ޑރ. މުއިއްޒު
މޭޔަރު ޑރ. މުއިއްޒު ހައްޔަރުކޮށްފި
އަހުމަދު ހަސަން
03 ޖެނުއަރީ 2023 - 23:18:17
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ އިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މުޒާހަރާގެ ތެރެއިން މުއިއްޒު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޕީޕީއެމުންވަނީ ފުލުހުންގެ ބެލުމުގެ ދަށަށް މާލޭގެ މޭޔަރު މުއިއްޒު ގެންދާ ވީޑިއޯ ވެސް ވަނީ ހިއްސާކޮށްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު ގެންގޮސްފައިވާ ކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މުއިއްޒު މިރޭ ހައްޔަރު ކުރިއިރު ހުންނެވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކަޅު ކުލައިގެ ޓީޝާޓެއް ތުުރު ކުރައްވައިގެންނެވެ.
މާލޭގައި ޕީޕީއެމުން ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތަކުގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ބަޔަކު ހައްޔަރު ކުރިނަމަވެސް އެންމެން ކަހަލަ ގޮތަކަށް ދޫކޮށްލައެވެ.
14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް