ads
ކޭއާރުއެޗްގެ ޕަބްލިކް ހެލްތް ޔުނިޓުގެ މައުލޫމާތު ސެޝަނެއް - ފޮޓޯ: ކޭއާރުއެޗް
މަސްތުވާތަކެތިން ސަލާމަތްވުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ހިންގަނީ
މަސްތުވާ ތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުވާ ޕްރޮގުރާމެއް ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ނިންމައިފިއެވެ.

މި ޕްރޮގުރާމަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލް، ނޭޝަނަލް ޑްރަގް އޭންޖެސީ އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. 

މިއީ ކޭއާރުއެޗް މެދުވެރިކޮށް މަސްތުވާ ތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް "ކޮމިއުނިޓީ ބޭސްޑް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމް" ނަމުގައި ދިގު މުއްދަތަކަށް ފަރުވާ ދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްލިނިކަލް އަދި ބިހޭވިއަރަލް ބައިތައް ހިމެނޭގޮތަށް ދިގު މުއްދަތަށް ދެމިގެންދާ ޕްރޮގްރާމެއް ގޮތުގައެވެ.

މި ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު މި ޖަނަވަރީ މަހުގެ ހަތަރެއް (މިއަދު) އިން ފެށިގެން މިހާރުވަނީ ހުޅުވާލައިފައެވެ. ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓް (އުފަންހިޔާ) ދުރުވެ ރަޖިސްޓަރީ ވެވޭނެ ކަމުގައި ކައުންސިލުން މައުލޫމާތު ދެއެވެ. 

އަދި މި ޕްރޮގުރާމާއި ގުޅޭ އިތުރު މައުލޫމާތު ކުޅުދުއްފުށި ރީޖިނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓުގެ ނަންބަރު 6527694 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް