ads
ގާފަރުގެ ސެން ކްލާސްރޫމް--
ބީއެމްއެލުން ގާފަރު ސްކޫލަށް ދިން ސެން ކްލާސް ވަރަށް ހިތްގައިމު!
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރިީ ކްލާސްރޫމެއް ކ. ގާފަރުގައި ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ގާއިމުކޮށްދީފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރިީ ކްލާސްރޫމެއް ކ. ގާފަރުގައި ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ގާއިމުކޮށްދީފި އެވެ.

ކުރިން ގާފަރު ސްކޫލުގައި ހުރި ސެން ކްލާސްރޫމު މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު ކްލާސްރޫމު ބޭނުން ކުރެވޭނެ ގޮތް ބީއެމްއެލުން ހަދައިދީފައިވާއިރު މިތަނަކީ މިހާރު އެންމެ ޒަމާނީ ވަސީލަތްތަކާއެކު ވަރަށް ފުރިހަމައަށް ގާއިމުކޮށްފައިވާ ތަނެކެވެ.

ސެން ކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާއެކު ކުރިން އެތަނުގައި ކިޔަވައިދިން ނަމަވެސް އަބޫބަކުރު އަލީ ފައުންޑޭޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވި ގޮތުގައި ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން ވަނީ ގިނަ ދިރާސާތަކެއް ކުރެވިފަ އެވެ. އެގޮތުން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން ބަލާފައިވާނެ ކަމަށައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަ ގޮތް ދިރާސާ ކޮށްފައިވާނެކަން އޭނާ ފާހަގަކުރައްވަ އެވެ.

ސާނާ ވިދާޅުވީ އެ ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ ކަމަށެވެ.

ބީއެމްއެލުން ބުނާ ގޮތުގައި މި ކްލާސްރޫމާއެކު އެކުދިންނަށް ކިޔަވައިދިނުމަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުއެއް ލިބިގެންދާނެ އެވެ.

''އަހަރެމެންގެ ބޭންކް ކޮމިއުނިޓީ ފަންޑު'' އަކީ އަމިއްލަ ފަރުދުންނާއި އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފުކޮށްފައިވާ ފަންޑެކެވެ.

އެގޮތުން ހުށަހަޅާ ޕްރޮޖެކްތަކުގެ ތެރެއިން އަހަރުގެ ކޮންމެ ކުއާޓަރެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހިމެނޭ ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލް އިން ބައި ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް