ads
ފިލްމް ބީވީމާގެ އޮފިޝަލް ޕޯސްޓަރު:ފޮޓޯ ޑާކްރެއިން އެންޓަޓެއިންމެންޓް
"ބީވީމާ"ގެ ޕްރިމިއާ ޝޯގެ ޓިކެޓް ބުކިން ފުލް ވެއްޖެ
ޑާކްރެއިން އެންޓަޓެއިންމެންޓުން ފެބްރުއަރީ ހަވަނަ ދުވަހު، އޮލިމްޕަސް ސިނަމާގައި އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު "ބީވީމާ" ގެ ޕްރީމިއާ ޝޯގެ ޓިކެޓް ބުކިން މިހާރު ފުލްވެފައިވާ ކަމަށް ޑާކްރެއިން އިން ބުނެފި އެވެ.

މި ފިލްމު އަޅުވަން އޮތީ އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. ޑާކްރެއިންގެ ފައުންޑަރު މުހަންމަދު އަލީ(މޮގާ) ބުނިގޮތުގައި، ފިލްމު އަޅުވާ ފުރަތަމަރޭގެ އިތުރުން ފެބްރުއަރީ 9 ވަނަ ރޭގެ ޓިކެޓުތައްވެސް މިހާރުވަނީ ހުސްވެފަ އެވެ. މިވަގުތު ހުރީ އަށް ވަނަ ދުވަހާއި، ހަތްވަނަ ދުވަހުގެ ޓިކެޓުތަކެވެ. 

your imageޓިކެޓް ބުކިން އަޕްޑޭޓް :ފޮޓޯ ޑާކްރެއިން އެންޓަޓެއިންމެންޓް

އަންނަ މަހުގެ ހަވަނަ ދުވަހު އަޅުވަން ހަމަޖެހިފައިވާ މި ފިލްމަކީ 2020 ގެ ފަހުން އޮލިމްޕަހަށް އަންނަ ފުރަތަމަ ފިލްމެވެ. ކޮވިޑްގެ ހާލާތު ރާއްޖޭގައި ގޯސްވާން ފެށުމުން އެ އަހަރުގެ މާޗް މަހުގެ ކުރީކޮޅު އޮލިންޕަސް ބަންދު ކުރިފަހުން އަދި ހުޅުވާފައެއް ނުވެ އެވެ.

މި ފިލްމަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެފިލްމުގެ ޓްރެއިލާ އަދި އޮފިޝަލް ޕޯސްޓަރު ރިލީޒް ކުރުމަށް ހަވަނަ ދުވަހު "އެސްއެމްއީ ހަބް" ގައި ބޭއްވާ ހަފްލާއަށް ފަހުގަ އެވެ.

މިކަމާއި ގުޅިގެން މޮގާ "ސީއެންއެމް" އަށް ބުނީ، ބީވީމާގެ ޓިކެޓް ބުކް ކުރުމަށް ހުޅުވާލުމުން ލިބިގެން ދިޔަ ތަރުހީބު ވަރަށް ރަނގަޅު ކަމަށެވެ.

" ބުކިންނަށް މި ލިބުނީ ވަރަށް ރަނގަޅު ތަރުހީބެއް، ދެން މިމަހު 15 ވަނަދުވަހު މިޓިކެޓު ތަކަށް ބުކްކުރި ފަރާތް ތަކަށް ޓިކެޓުތައް ނެގުމަށް ދެދުވަހުގެ މުހުލަތެއް ދިނުމަށް ފަހު، އެ މުހުލަތުގެ ތެރޭގައި ނުނަގައިފި ނަމަ، ނުނަގާ ހުރި ޓިކެޓުތައް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ" މޮގާ ބުންޏެވެ

މީގެ އިތުރުން މޮގާ ވަނީ މި ފިލްމު ބެލުމަށް ބޭނުންވާ ހުރުހާ ފަރާއްތަކަކަށް އެފުރުސަތު ވީވަރަކުން ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް