ރޮޒައިނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ރޮޒައިނާ ރޭ ބޭއްވިގެން ދިޔަ ރައިށް ސޯލިހުގެ ކެންޕޭން ޖަލްސާއިން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނެރެވިގެންދާނެ ބޭފުޅާ ވަރަށްވެސް ސާފުކަމަށާ އެ ބޭފުޅަކަށް ވާނީ ރައީސް ސޯލިހު ކަމަށެވެ.
ރޮޒައިނާ އަކީ އެމްޑީޕީގެ ޕްރައިމަރީ އިއުލާނު ކުރުމާއެކު ރައީސް ސޯލިހުގެ ފަޅިއަށް އެންމެ ފުރަތަމަ އަރާވަޑައިގެނ ޕާލެމެންޓުގައި ހިމެނޭ މެންބަރެކެވެ.
ރޭ ބޭއްވި ރައިސް ސޯލިހުގެ ކެންޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ ރައީސް ނަޝީދަށް އަދި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.