ads
އަލިފުށީ ދަތުރުގައި އަނބިކަބަލުން ފަޒްނާ އަދި ޑިފެންސް މިނިސްޓަރު މާރިޔާ ބައިވެރިވެވަޑައިގަންނަވާ
ރައީސްގެ ދެކަނބަލުން އަލިފުއްޓަށް ވަޑައިގެންފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން، އަލިފުށްޓަށް ވަޑައިގަތީ، 2022 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. 

މިދަތުރުފުޅުގައި:

  • ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ
  • މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ

އަދި، މިދަތުރުފުޅުގައި ރައީސް ސޯލިހް، ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެ އެވެ. މީގެ އިިތުރުން، އަލިފުށީ ސްކޫލްގައި އިމާރާތްކޮށްފައިވާ މަލްޓިޕަޕަސް ހޯލް ހުޅުއްވައި ދެއްވާނެ އެވެ.

އަލިފުށްޓަށް ކުރައްވާ މި ރަސްމީ ދަތުރުފުޅު ހުކުރު ދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ފާހަގަކުރަމުންދާ ދުވަހެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް