ads
އެއާޕޯޓް ޓާމިނަލް ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އެމޓީސީސީ
އަލިފުށީ އެއާޕޯޓް ޓާމިނަލް ބިންގާ އަޅައިފި، އަމާޒަކީ މިއަހަރު ފްލައިޓް ޖެއްސުން
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަސައްކަތް ކުރަމުންދާ ރ އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ މިއަދު އަޅައިފިއެވެ.

މިމަސައްކަތުގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކާނިމި އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކުރަމުންދާއިރު ޓާމިނަލްގެ ބިންގާ މިއަދުވަނީ އަޅަފައެވެ.

451 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގައި އެއާޕޯޓް އެޅުމުގެ އިތުރުން 109 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

އަލިފުށީ އެއާޕޯޓު ޓާމިނަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެއާޕޯޓްގެ މަސައްކަތް ނިމި މި އަހަރުގެ ތެރޭގައި އަލިފުއްޓަށް ފްލައިޓް ޖެއްސޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްް އެބައޮތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް