ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި ދެރަށުގައިވެސް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަސް އީ ކޮންސްޓްރަކްޝަނާއެވެ.
ކެނދިކުޅުދޫ އަދި ހިންނަވަރުގައިވެސް އިމާރާތް ކުރުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 18 މަސް ދުވަހެވެ.
ހެލްތް މިނިސްޓްރީން ބުނީ ކެނދިކުޅުދޫ ހޮސްޕިޓަލްގެ އަގަކީ 193 މިލިއަން ރުފިޔާކަމަށާއި ހިންނަވަރު ހޮސްޕިޓަލްގެ އަގަކީ 185 މިލިއަން ރުފިޔާކަމަށެވެ.