
ސްޕޯޓްސްކޯ އިން އިންތިޒާމުކޮށްގެން އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ މި ރަން ގެ ޕާޓްނަރުންނާއި ސްޕޮންސަރުން ތައާރަފުކޮށްދެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފާރިސެވެ.
މި ރަން ގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަކީ:
- ޓައިޓަލް ސްޕޮންސަރު: ސްޓެލްކޯ
- ހޯސްޓިންގް ޕާޓްނަރު: އެޗްޑީސީ
- މީޑިއާ ޕާޓްނަރު: ޕީއެސްއެމް
- މެޑިކަލް ޕާޓްނަރު: އޭޑީކޭ
- ސަޕޯޓިން ޕާޓްނަރު: ޔޫތް މިނިސްޓްރީ
- ޓެކްނިކަލް ޕާޓްނަރު: އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
- ޑިޒައިނިންގް ޕާޓްނަރު: އަޝްހަރު ވަހީދު
- އިވެންޓް ސްޕޮންސަރު: ރޮމްބަސް
- އިވެންޓް ސްޕޮންސަރު: އޭވީއީ
- އިވެންޓް ސްޕޮންސަރު: އޭ އެސް ކަލެކްޝަން
- އިވެންޓް ސްޕޮންސަރު: ލޮޓަސް
މި ފަރާތްތަކުގެ އިތުރުން ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް މި އިވެންޓަށް ލިބެމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
"ސްޓެލްކޯ ފައިވް-ކޭ ޓީމް ރަން" ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ ހުކުރު ދުވަހުގެ ހެނދުނު 06:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި ފަދަ ދުވުމެއް ބޭއްވުމުގެ މަގުސަދަކީ އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިގެން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހޭލުންތެރި ކުރުވުމުގެ އިތުރުން އެކުވެރި މާހައުލެއްގައި ދުވެލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސްޕޯޓްސްކޯ އިން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށާއި ކުޅިވަރު އެކަޑަމީތަކުގެ އިތުރުން އެންޖީއޯތަކަށް ވެސް ހުޅުވާލާފައިވާ ކަމުގައެވެ.
ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭނެހެން، ކޮންމެ ޓީމަކުންވެސް ދުވުމަށް ހަމަޖެހިފައިވަނީ ފަސް ކިލޯމީޓަރަށް ކަމަށާއި ޓީމުން މި ދުވުން ނިންމި ކަމަށް ބެލެވޭނީ ޓީމުގެ ހުރިހާ ދުވުންތެރިން އެއްވަގުތެއްގައި ދުވުން ނިންމުމުން ކަމަށް ސްޕޯޓްސްކޯ އިން ބުނެއެވެ.
މި ދުވުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުން ވާނަމަ 7976725 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.