ރައީސް ސޯލިހް މިހެން ވިދާޅުވީ މިހާރު ރ އަލިފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އާއިއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އަތޮޅު ކައުންސިލުންވަނީ ރ އަތޮޅުގައި ކުރިއަށްދާ އަދި ކުރަން ބޭނުންވާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސްއާއި މަޝްވަރާ ކުރައްވާފައެވެ. އަދި ރ އަތޮޅުގެ ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓް އެޅުމުގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް ކައުންސިލުން ވަނީ ރައީސް އަރިހުން އެދިވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރ އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވާދެއްވާނެކަމަށް ވިދާޅުވެ އެކަމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ސާފުކޮށްދެއްވާފައެވެ.
ރައީސް ވިދާޅުވީ އެމަސައްކަތުގައި މިހާރު އޮތީ އެއާޕޯޓް އަޅާނެތަނެއް ކަނޑައެޅުން ކަމަށާއި އެކަން ނިމުނުހާ އަވަހަކަށް އެމަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރ އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު އެއަތޮޅު އުތުރު ބިތުގައި އަޅާ އެއާޕޯޓްގެ މަސައްކަތް ރ އަލިފުށީގައި މިހާރުވަނީ ކުރިއަށެވެ.