ads
ރައީސްގެ ދެކަނބަލުން އަލިފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން
ރައީސްގެ ދެކަނބަލުން އަލިފުށީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. އަލިފުށްޓަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން އަލިފުށްޓަށް ކުރެއްވި މިދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ، އަލިފުށީ ސްކޫލުގައި މިސަރުކާރުން އިމާރަތްކޮށްދެއްވި މަލްޓިޕަޕަސް ހޯލްވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ. އަދި ރައީސް ސޯލިހް ވަނީ، އަލިފުށީ ކައުންސިލާއި، ރ. އަތޮޅު ކައުންސިލާއި، ވަކިން ބައްދަލުކުރައްވައި، ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭ ގޮތުން އެ ކައުންސިލްތަކާއި އެކު މަޝްވަރާކުރައްވާފަ އެވެ.

މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް