
ޖެނިފާ ބުނާގޮތުން އޭނާ ދުވަހަކުވެސް ބޮޓޮކްސްއެއް، ހަދާފައެއް ނުވާނެ އެވެ. އެކަމަކު މޭކަޕާއި ނުލާ އޭނާގެ އަސްލު ސޫރަ ފެނިއްޖެ ކޮންމެ މީހަކަށްވެސް އެބުނާ އެއްޗަކާއި ދެކޮޅުވެ ވެއެވެ. 53 އަހަރުގައި ހަންގަނޑު އެހާ "ފްރެޝްކޮށް، ގްލޯވީކޮށް، އަދި ރުލެއްނެތި ސިއްހަތު ރަނގަޅު" ކޮށް ހުރުމަކީ ނާދިރު ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި އެއީ ކިހިނެތްވާނެ ކަމެއްތޯ ސުވާލުކުރެއެވެ.
ސްކިން ކެއަ ރުޓިންތައް އާންމުކޮށް ފޭނުންނާއި ހިއްސާކުރާ ޖެނިފާ މިފަހުން ވަނީ ފޭނުންގެ އެފަދަ ގިނަ ސުވާލުތަކަކަށް ޖަވާބުދީފަ އެވެ. އޭނާގެ ހަންގަނޑު އެހާ ނަލަކޮށް ޒުވާންކޮށް ހުންނަ ސަބަބުވެސް ކިޔައިދީފަ އެވެ.
ޖެނިފާ ބުނީ، އެއީ ހަންގަނޑު ޒުވާންކޮށް ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޮޓޮކްސް ފަދަ އެއްްޗެހި ހަދާ މީހުންނާއި ދެކޮޅަށް ބުނާ އެއްޗެއް ނޫންކަމަށާއި އެކަމަކު، އޭނާ ބަލަނީ އޭނާގެ ހަންގަނޑަށް ގުދުރަތީ ފަރުވާތައް ދެވޭތޯ ކަމަށެވެ.
ޖެނިފާ ހިއްސާކޮށްފައިވާ އޭނާގެ ސްކިން ކެއަ ރޫޓިން ވަރަށް ސިޕްލް އެވެ. އެއީ ގާތްގަނޑަކަށް ހަތަރު ސްޓެޕްގެ ރޫޓިން އެކެވެ.
ފުރަތަމަ ކަމަކީ ކްލެންސިން އެވެ. ނުވަތަ ރަނގަޅު ކްލެންޒާ އަކުން މޫނު ރަނގަޅަށް ދޮވުމެވެ. ދެވަނަ ކަމަކީ ސިރަމް އުގުޅުމެވެ. ޖެނިފާ ބުނާގޮތުން އޭނާ ސިރަމް ބޭނުން ކުރަނީ ދުވާލަކު ދެ ފަހަރު އެވެ. އެއީ ހެނދުނާއި ރޭގަނޑު އެވެ. ޖެނިފާ އެޔަށް ކިޔަނީ "މޫނަށް ދޭ ވިޓަމިންސް" އެވެ.
ތިންވަނަ ކަމަކީ ސަން ސްކްރީން އުގުޅުމެވެ. ޖެނިފާ ބުނާގޮތުން ސަން ސްކްރީން އަކީ ޓުވެންޓީންސް އިން ފެށިގެން އޭނާގެ އެންމެ ބޮޑު ބިއުޓީ ސީކްރެޓް އެވެ. އެންމެ ފަހު ކަަމަކަށް ޖެނިފާ ބޭނުން ކުރަނީ އައި ކްރީމްސް އެވެ. ލޯކާރީގަޔާއި، ދެބުމަ ދޭތެރޭގައި އޭނާ މި ކްރީމް ބޭނުން ކުރެއެވެ.
ޖެނިފާ މޭކަޕާއި ނުލައި——
ނަފްސުގެ ހަމަޖެހުންވެސް ވަރަށް މުހިންމު
ޖެނިފާ ބުނާގޮތުން ރީތި ހަންގަނޑަކަށް އެންމެ މުހިންމު ފަރުވާ އަކީ ނުވަތަ އެއްޗަކީ ނަފްސުގެ ހަމަޖެހުމެވެ. އަދި އެކަމަކީ އޭނާ ވަރަށް އަހުއްމިޔަތުކަން ދޭ ކަމެކެވެ. ޖެނިފާ އޭނާގެ ދުވަސް ފަށަނީ މުޅި ދުވަސް ހިތްހަމަޖެހިގެންދާނެ ކަމުން ނެވެ.
އެއީ ހިތްހަމަ ނުޖެހުންތަކާއި ކަންބޮޑުވުންތަކުން ދުރުވެލުމަށެވެ. އަދި އަމިއްލަ ނަފްސުގެ މުހިންމުކަން އަމިއްލަ ނަފްސަށް ކިޔައިދީ، ހިތްހަމަ ޖެހިލުމަށް ޓަކައެވެ. މީހާގެ ނަފްސަށް ލިބޭ ހަމަޖެހުން އޭނާގެ މޫނުމަތިން ވެސް ފެންނާނެ ކަމަށް ޖެނިފާ ގަބޫލުކުރެ އެވެ.