ads
މޫދަށް ދޫކޮށްލައި، ދާ ގަނޑުތަކުގައި އޮޅި ބައެއް ވެލާ ކަހަނބުގެ އަތް ފަދަ ތަންތަން ބުރިވެފައި ހުރޭ----ފޮޓޯ: އައިޑިއާސް.ކެލާ
އަނިޔާވެފައިވާ ވެލާ، ކަހަނބު، ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދިނުން މެދުކަނޑާލައިފި
އަނިޔާވެފައިވަނިކޮށް ރާއްޖޭގެ ކަނޑުތަކުން ފެންނަ ވެލާ ކަހަނބު ރާއްޖޭން ބޭރުގެ އެކުއޭރިއަމްތަކަށް ފޮނުވުމަށް ދެމުން އައި ހުއްދަ ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
Advertisement

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން އެ ހުއްދަ ދިނުން މެދުކަނޑާލީ، ވެލާ ކަހަނބުގެ މެނޭޖްމަންޓް ޕްލޭން އާންމު ކުރެވެންދެނެވެ.

އެ ޕްލޭން އިއުލާންކޮށް ވަކިގޮތެއް އަންގަންދެން، ބޭރުގެ އެކުއޭރިއަމްތަކަށް ވެލާ ކަހަނބު ފޮނުވުމަށް، ދެން ހުއްދައެއް ނުދޭނެ އެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކަނޑުގެ މާޙައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރީ 2016 ވަނަ އަހަރުގެ އެޕްރީލް ހަތަރުވަނަ ދުވަހު އެވެ.

މިގަވާއިދުގެ ދަށުން ކުރުން މަނާކަންކަމަކީ:

  • ވެލާ ކަހަނބުގެ ބާވަތްތައް ހިފުން.
  • ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާކުރުން.
  • ވެލާ ކަހަނބު ގެންގުޅުން.
  • ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން.
  • ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާޙައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން.
  • ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓުކޮށް އެކްސްޕޯޓު ކުރުން.
  • އެއްވެސް ފަރާތަކުން އީޕީއޭގެ ހުއްދަ ނުހޯދައި ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތް ކުރުން.

your imageދާގަނޑާއެކެ ފެތުމުގެ ސަބަބުން އޭގެ ފިޔަގަނޑު ކަޑާގެންގޮސް، ނުކުޅެދޭ ހާލަތާ ކުރިމަތިލާންޖެހޭ، ބައެއް ފަހަރު މަރުވޭ----ފޮޓޯ: އައިޑިއާސް.ކެލާ

މިކަން މިހެން އޮތްނަމަވެސް ރާއްޖޭގެ ކަނޑުތަކުންނާއި، ގޮނޑުދޮށުން އެކި އެކި ގޮތްގޮތުން އަނިޔާލިބިފައިވާ ވެލާ ކަހަނބު އެއްޗެހި އާންމުކޮށް ފެނެ އެވެ. މިފަދަ އެއްޗެހި ސަލާމަތްކޮށް ރާއްޖޭގައި އެފަދަ އެއްޗިއްސަށް ފަރުވާދީ ހަދަ އެވެ. ފަރުވާއަށްފަހުވެސް މިފަދަ ބައެއް އެއްޗިހީގެ ތެރެއިން ދާއިމީ ނުކުޅެދުންތެރިކަމެއް ހުންނަ އެއްޗެހި ރާއްޖެއިން ބޭރުގެ އެކްއޭރިއަމްތަކަށް ފޮނުވަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައިވެސް އެެމެރިކާގައި ހުންނަ އެކްއޭރިއަމަކަށް މިފަދަ ވެލައެއް ފޮނުވާލާފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް