ads
އަލިފުށީ ކުނިގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު——ފޮޓޯ: އަލިފުށި ކައުންސިލް/ސީއެންއެމް
ފައިބަރުތަކެއްގައި ރޯވެ އަލިފުށީގައި ބޮޑު އަލިފާނުގެ ހާދިސާއެއް
ރ. އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފުށީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޒަހީން "ސީއެންއެމް" އަށް ވިދާޅުވީ، ރޯވެ އަނދަމުންދަނީ ދޯނި ބަނުމަށް ބޭނުންކުރާ ފައިބަރުތަކެއްގައި އަލިފާން ހިފައިގެން ކަމަށެވެ. ކުނިގޮނޑުގެ ކުނި ބަހައްޓާފައި ހުރި ބަޔާއި ވަކިން ހުރި މި ފައިބަރުތަކުގައި ރޯވެ، ގާތްގަނޑަކަށް 100 ފޫޓު ފުޅާ ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިހާރު އަލިފާންގަނޑުގެ ބޮޑުބައެއް ވަނީ ކޮންޓްރޯލް ކުރެވިފައި. އެކަމަކު އެއްކޮށް ނިއްވާލަން އަދި ވަގުތު ނަގާނެ ކަމަށް ބެލެވެނީ، " ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ، ވައި ހުރީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ކަމުން، އެއްވެސް އިމާރާތަކަށް އަލިފާންގަނޑު ފެތުރުމުގެ ބިރެއް އަދި ނެތްކަމަށެވެ. އެ ސަރަހައްދާއި އެންމެ ކައިރީގައި ހުންނަނީ ރަށުގެ އިންޖީނު ގެ އެވެ. މީހުން ދިރިއުޅެނީ އެ ސަރަހައްދާއި 600 ފޫޓު ދުރުގަ އެވެ.  

ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތަކާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާއިރު، ފައިބަރުތަކުގައި އަލިފާން ހިފަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެ އެވެ. ޒަހީން ވިދާޅުވިގޮތުން އެ ސަރަހައްދުގައި މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ނަަމަވެސް އަލިފާން ރޯވަނީ ކިހިނެތްކަމެއް ބުނާކަށް ނޭނގެ އެވެ. 

"ހަމަ ގައިމުވެސް ގަސްތުގައި ބަޔަކު ރޮލެއް ނުކޮށްލާނެ، ސީދާ ސަބަބު އަދި އަޅުގަނޑުމެންނަކަށްވެސް ނޭނގޭ ބުނާ ކަށް" ޒަހީން ވިދާޅުވި އެވެ.

މި އަލިފާންގަނޑު ރޯވެފައިވާތަން ފެނުނީ މިއަދު 14:00 ގައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް