ads
ހައްޔަރު ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން
އެލްޗަޕޯގެ ދަރި ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި 200 ސިފައިން، 10 މަރު
މެކްސިކޯގެ ޑްރަގް ލޯޑް، ޖޯކުއިން އެލްޗަޕޯ ގުޒްމަންގެ ދޮށީ ދަރި ހައްޔަރުކުރަން ހިންގި އޮޕަރޭޝަންގައި ސްޕެޝަލް ފޯސަސްގެ 200 ސިފައިން ބައިވެރިވިއިރު އޭގެތެރެއިން 10 ސިފައިން މަރުވެފައިވާކަމަށް މެކްސިކޯ ސަރުކާރުން ބުނެފިއެވެ.
Advertisement

މެކްސިކޯ ސަރުކާރުން ބުނީ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި ޖުމްލަ 29 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެތެރެއިން 10 މީހުންނަކީ ސްޕެޝަލް ފޯސަސްގެ ސިފައިންކަމަށާއި ބާކީ 19 މީހުންނަކީ ގޭންގް މެމްބަރުންކަމަށްވެސް މެކްސިކޯގެ ސަރުކާރުން ބުނެއެވެ.

އަލްޗަޕޯއަކި މެކްސިކޯގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގް ސިނަލޯއާ ކާޓެލްގެ އެންމެ އިސްފަރާތެވެ. ނަމަވެސް އޭނާ މިހާރު ގެންދަނީ މަސްތުވާތެކެތީގެ ވިޔަފާރިއާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ އެމެރިކާގެ ޖަލެއްގައި އުމުރު ދުވަހުގެ ހުކުމެއް ތަންފީޒް ކުރަމުންނެވެ.

ބައްޕަ ޖަލަށް ލުމުން ސިނަލޯއާ ކާޓެލް ހިންގަމުން ގެންދަނީ އޭނާގެ ދޮށީދަރި އޮވިޑިއޯ ގުޒްމަން ލޮޕޭޒް އެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތަކާއި ގުޅިގެން މީގެކުރިންވެސް އޮވިޑިއޯ ހައްޔަރުކޮށްފައި ވެއެވެ. 

ނަމަވެސް އޭނާގެ ގޭންގުން މެކްސިކޯގައި ހިންގަންފެށި ހަމަނުޖެހުންތަކާއިއެކު އޭނާވަނީ ދޫކޮށްލާފައެވެ. މި ގޭންގަކީވެސް މެކްސިކޯގެ އެހެން ގޭންގުތަކާއި އެއްގޮތަށް ހަތިޔާރާއި އެކު ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގެކެވެ.

ބުރާސްފަތި ދުވަހު އަލުން އޭނާ ހައްޔަރުކުރުމުން ސިނަލޯއާ ސްޓޭޓްގައި ގޭންގުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހުންގެ ތިން އޮފިސަރަކު މަރާލައި، މަގުތައް ބަންދުކޮށް ބަސްތަކާއި އެއްގަމު އުޅަނދުތަކުގައި ވަނީ އަލިފާން ޖަހާފައެވެ. 

މީގެއިތުރުން ސިނަލޯއާގެ އެއާޕޯޓްތަކަށް ގޭންގުން ހަމަލާދީ ދެ ފްލައިޓަކަށް ބަޑިވެސް ޖަހާފައިވެއެވެ. އެހެންކަމުން ތިން އެއާޕޯޓެއްގެ އޮޕަރޭޝަން ހުއްޓި، އެތައް ސަތޭކަ ފްލައިޓެއްވަނީ ކެންސަލްކުރަން ޖެހިފައެވެ.

"ދަ މައުސް" ގެ ނަމުން މަޝްހޫރުވެފައިވާ އޮވިޑިއޯ މިހާރުވަނީ މެކްސިކޯގެ ސަލާމަތީގޮތުން ވަރުގަދަ ޖަލަކަށް ބަދަލުކޮށްފައެވެ. އޭނާ މިފަހަރު ހައްޔަރުކޮށްފައިވަނީ ހަ މަސްދުވަސް ވަންދެން ފާރަލާ ބެލުމަށް ފަހު ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައެވެ.

56%
ކަމުގޮސްފި
19%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް