ads
މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް
މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީ އެއް
މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެެދުގައި މާރާމާރީ ހިންގައި އެކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި މި މާރާމާރީގައި އެކެއްގެ އަނގަމަތި ފަޅައިގެންދިއުން ފިޔަވައި އިތުރު ބޮޑު އަނިޔާއެއް ނުވެ އެވެ. 

މި މާރާމާރީ ހިނގާފައިވަނީ މިއަދުގެ ހަވީރުގެ ވަަގުތެއްގައި ކަމަށް ފުލުހުން ބުނިނަމަވެސް، މާރާމާރީ ހިންގަން މެދިވެރި ސަބަބެއް ފުލުހުން ސާފުކޮށެއް ނުދެއެވެ.

ކަރެކްޝަންސް އިން ”ސީއެންއެމް“ އަށް ބުނިގޮތުގައި އެ މާރާމާރީ ހިނގީ ޖަލު ގޮޅިއެއްތެރޭ ދެ ގައިދީންގެ ދެމެދު އެވެ. ކަރެކްޝަންސްގެ އޮފިސަރަކު އެކަން ހުއްޓުވާފައިވާއިރު، އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސް ދަނީ ފަރުވާދެމުން ނެވެ. އޭނާގެ ހާލަތު ސީރިއަސް ނޫންކަންވެސް ކަރެކްޝަނުން ޔަގީންކޮށްދިނެވެ. 

މި މާރާމާރީގައި އެކެއްގެ މެޔަށް ވަޅިން ހަމަލާދީ، އަނެކަކަށް ކަޓަރަކުން ހަމަލާދިން ކަމަށް ފެތުރޭ ވާހަކަތައް ފުލުހުން އަދި ކަރެކްޝަނުންވެސް ދޮގުކުރެ އެވެ. 

މި މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ނުވާކަމަށް ފުލުހުން ބުނިއިރު، ކަރެކްޝަނުން ބުނީ، ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ބުނެ ދައުރުކުރަމުންދާ ފޮޓޯއަކީ ވެސް ސައްހަ ފޮޓޯއެއް ނޫން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް