ads
ހިސާން އަދި ނަޝީދުގެ ލީގަލް ޓީމުގެ މެންބަރުން މާފުށީ ޖަލުގެ ބޭރުގައި
އަލުން ޖަލަށް ދާކަށް ބޭނުމެއް ނޫންކަމަށް ހިސާން ވިދާޅުވެއްޖެ
އަލުން އަނބުރާ ޖަލު ގޮޅިއަށް ދާކަށް ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ޖޭއެސްސީގެ ރައީސް، އަދި ރައީސް މުހައްމަދު ނަޝީދުގެ ލީގަލް ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުހައްމަދު ނަޝީދު ޖަލުގައި ހުންނެވިއިރު ރައީސް ނަޝީދުގެ ލީގަލް ޓީމުގެ އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ތަޖުރިބާކާރު އެއް ގާނޫނީ ވަކީލާ މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިނުގައި މިރޭ ނ. އަތޮޅުގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ނަޝީދުގެ އެންމެ އަރިސް ލީގަލް ޕްރޮފެޝަންގެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހިސާން، މި އިންތިހާބުގައި ހުންނެވީ ރައީސް ސޯލިހާއެކުއެވެ.

އަލުން އަނބުރާ އަނިޔާވެރިކަމަށް ދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަލުން އަނބުރާ ޖަލު ގޮޅިއަށް ދާކަށް ބޭނުމެއް ނޫން. އެހެންވީމަ އަޅުގަނޑުމެންގެ ޗޮއިސް އަކީ މަނިކުފާނު – ހިސާން

ހިސާންވަނީ ރައީސް ނަޝީދު ހައްޔަރުކޮށްފައި ހުރިއިރު، އަދި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައިރު ނަޝީދުގެ ފަރާތްޕުޅުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. އަދި އެކަމަނާވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ލީގަލް ޓީމުތަކާއެކު ރައީސް ނަޝީދު މިނިވަން ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ހިސާންއަކީ ޖޭއެސްސީގެ މިހާރުގެ ރައީސްއެވެ. ހިސާންއާ އެކު ރައީސް މުހައްމަދު ނަޝީދުވެސް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވައެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް