ads
ސާފް ޗެމްޕިއަންޝިޕް ތަށްޓާއެކު އިންޑިޔާ ޓީމް
"ވިޝަން 2047" އިންޑިޔާގެ ފުޓްބޯޅަ ބަދަލުކޮށްލާނެ ތަސައްވަރެއް
އިންޑިޔާގެ ފުޓްބޯޅަ މުޅިން ބަދަލުކޮށްލާނެ ތަސައްވަރެއް، "ވިޝަން 2047" ގެ ނަމުގައި އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުކޮށް ހާމަކޮށްފިއެވެ. ވިޝަން 2047 އާއްމު ކުރީ ހޮނިހިރު ދުވަހުއެވެ.

އޯލް އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަނުން އެކުލަވައިލި މި ތަފްސީލީ ތަސައްވަރަކީ 2047 ވަނަ އަހަރާއި ހަމައަށް އިންޑިޔާގެ ފުޓްބޯޅައިގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ހުލާސާ ޕްލޭންއެވެ. 

މި ޕްލޭންގެ ދަށުން އިންޑިޔާއިން އުއްމީދު ކުރަނީ 2047 ވަނަ އަހަރާއި ހަމައަށް ދާއިރު އިންޑިޔާއަކީ އޭޝިޔާގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ވެގެން ދިޔުމާއި މެރިޓް ވައިސްކޮށް ވޯލްޑްކަޕަށް ކޮލިފައިވެވޭ ފެންވަރު އިންޑިޔާގައި ހުރުމެވެ.

ކުރިއަށް އޮތް 25 އަހަރަށް ހެދި މި ޕްލޭންގައި އިންޑިޔާގައި 2047 ވަނަ އަހަރާއި ހަމައަށް ތަސައްވަރު ކުރާ ކަންކަމާއި ހިސާބަށް ދިޔުމަށް އެކި ހިސާބުތަކުން ކުރަން ކަނޑައަޅައި އަމާޒު ހިފާފައިވާ ކަންކަން ބަޔާންކޮށްފައިވެއެވެ. 

އޭގެ ތެރޭގައި ދަނޑުތައް އެޅުމާއި ޔޫތު ޕްރޮގްރާމްތަކާއި ކޯޗުންނާއި ރެފްރީން ތަމްރީން ކުރުމުން ފެށިގެން ކްލަބު ހިންގުމާއި ލީގު ހިންގުމާއި މާކެޓިންނާއި ބްރޯޑްކާސްޓިންނާ އަދި އެ ނޫންވެސް އެތައް ކަމެއް ހިމެނެއެވެ. 

މި ހުރިހާ ލަނޑު ދަނޑިތަކާއެކު އިންޑިޔާއިން އަމާޒު ހިފާފައިވަނީ ދިގު ރާސްތާއެއްގައި ފުރަތަމަ ކަމަކަށް އޭޝިޔާގެ ގަދަ ބާރަކަށް އިންޑިޔާވުމަށެވެ. މި ގޮތުން އިންޑިޔާގެ ގައުމީ ޓީމުގެ އިތުރުން އިންޑިޔާ ލީގަކީ އޭޝިޔާގެ އެންމެ މަތީ ފެންވަރުގެ ލީގަކަށް ހެދުން މި ޕްލޭންގައި ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް