ads
ނިއުރޭޑިއަންޓް ކުޅުނު މެޗެއްގައި ސަޕޯޓަރުންނާއެކު ކުޅުންތެރިއަކު
ނިއުގެ އަސާސީ ގަވައިދު އިސްލާހުކޮށް ބޯޑު ބޮޑުކުރަނީ
ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސް، ކްލަބުގެ ހިންގާ ބޯޑްގެ މެންބަރުންގެ އަދަދު 17އަށް އިތުރުކުރަން އެ ކްލަބުން ނިންމައިފިއެވެ.
Advertisement

ނިއުއިންވަނީ އަސާސީ ގަވައިދު އިސްލާހު ކުރިކަން އިއުލާންކޮށް، ބޯޑަށް އިތުރު ކުރި މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ހުޅުވާލީ ދެ ވައިސް ޗެއަރމަނުންންގެ މަގާމާއ ފަސް ބޯޑް މެންބަރުންގެ އިތުތުން ކްލަބްގެ ލޯޔަރެއްގެ މަގާމަށް ކުރިމަތިލުމަށެވެ. 

މިއީ އަސާސީ ގަވައިދަށް ގެނައި އިސްލާހާއެކު އިތުރު ކުރި މަގާމްތަކެވެ. އަލަށް އިންތިހާބު ކުރާ މަގާމްތަކަށް ކުރިމަތި ލުމުގެ މުއްދަތު ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނިއުރޭޑިއަންޓުން ބުނީ ކްލަބުން ބުނީ މި ގެނައި ބަދަލުތަކަކީ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކްލަބް ހިންގުމަށް މަގު ފަހިކުރުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް