ads
ދެކުނު ސޫދާންގެ ރައީސް އަށް އިވެންޓެއްތެރޭ ކުޑަކަމުދެވޭ ވީޑިއޯގެ މަންޒަރެއް
ދެކުނު ސޫދާންގެ ރައީސް ގަޔަށް ކުޑަކަމުދިޔަ ވީޑިއޯ އާއްމުވުމުން 6 ނޫސްވެރިޔަކު ހައްޔަރު
ދެކުނު ސޫދާންގެ ރައީސް އިވެންޓެއްގައި ހުންނަވަނިކޮށް އަމިއްލަ ގަޔަށް ކުޑަކަމުދިޔަ ވީޑިއޯ އާއްމުވުމާއި ގުޅިގެން އެގައުމުގެ ހަ ނޫސްވެރިޔަކު ހައްޔަރުކޮށްފި އެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު ސަރުކާރުން ވަނީ އެގައުމުގެ ދައުލަތުގެ މީޑިއާ ސައުތު ސޫދާން ބްރޯޑްކާސްޓިން ކޮމްޕެނީ (އެސްއެސްބީސީ) އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެކަމާއި ގުޅިގެން ހަ ނޫސްވެރިއަކު ހައްޔަރުކުރިއިރު، އެމީހުން ހައްޔަރުކުރީ އެ ވީޑިއޯ އާންމުވީ ކިހިނެތްކަން އެ ނޫސްވެރިންނަށް އެނގޭ ކަމުގެ ތުހުމަތުގައި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.
ސައުތު ސޫދާންގެ ބްރޮޑް ކާސްޓިން ކޯޕަރޭޝަނުން ބުނެފައިވާގޮތުގައި ދައުލަތުގެ މީޑިއާ އެސްއެސްބީސީ އިން، އެ އިވެންޓުގައި ރައީސްގެ ގަޔަށް ކުޑަކަމުދެވޭ މަންޒަރު ފެންނަ ފުޓޭޖު އާންމުކޮށްފަ އެެއް ނުވެއެވެ. 

މިކަމާއި ގުޅިގެން ކޮމިޓީ އޮން ޕްރޮޓެކްޓް ޖާނަލިސްޓްސް އިން ބުނީ "މިއީ އެގައުމުގެ ސަލާމަތީ ބާރުތަކުން އެމީހުން ނޭދޭގޮތައް އިވެންޓްތައް ގެނެސްދޭ ހާލަތާއި ގުޅުވައިގެން، އެއްވެސް އުޒުރެއް ނެތި ނޫސްވެރިން ހައްޔަރުކުރާ އުސޫލުން ކުރި ކަމެއް" ކަމަށެވެ.

މިހާރު އުމުރުން 71 އަހަރުގެ ދެކުނު ސޫދާންގެ ލީޑަރު ސަލްވާ ކިރް އަކީ އެގައުމަށް މިނިވަންކަން ލިބުނު، 2011 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަ ލީޑަރެވެ. އޭނާ ވަނީ ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމަށް ނިންމާފަ އެވެ.

10%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް