ads
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ފަހަަތަށް ނާރާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބު ވެއްޖެނަމަވެސް، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ނާރުއްވާނެ ކަމުގެ އިޝާރާތެއް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެެވެ.
Advertisement

އެމްޑީޕީގެ މެމްބަރުންގެ ދަފްތަރު ގަނޑުބަނޑު ކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާ އެފަދަ އިންތިހާބެއްގެ ނަތީޖާ އިންސާފުވެރި ނުވާނެ ކަމަށް ވިދާޅުވަމުން މި ޕްރައިމަރީގައި ވާދަކުރައްވާއިރު، އެމްޑީޕީގެ ޓިކުޓު ނުލިބިއްޖެނަމަ އަމިއްލަ ގޮތުން ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ އާއި، އެފަދަ ހާލަތެއްގައި އެމްޑީޕީ އާއިއެކު މަސައްކަތް ކުރައްވާނަންންތޯ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކޮށްފައި ވެއެވެ. 

އެކަމަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެފަދަ ހާލަތެއް ނާންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެފަދަ ހާލަތެއް ކުރިމަތި ވެއްޖަނަމަ ކަންކުރާނެ ގޮތާއި ބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ވިދާޅުވީ، ރައީސް ސޯލިހުގެ ފަހަތަށް އަރަންޖެހޭނެ ހާލަތެއް ނާންނާނެ ކަމަށާއި، އެމްޑީޕީވެސް ދެން ރައީސް ސޯލިހްގެ ފަހަތަށް ނާރާނެ ކަމަށެވެ. 

"އަޅުގަނޑެއް ނުޖެހެނޭ އެކަން ކުރާކަށް. އެމްޑީޕީގެ ޓިކެޓު އަޅުގަނޑަށް ނުލިބޭނެ އެއްވެސް ތަނެއް އަޅުގަނޑަކަށް ނުފެނޭ. ގަނޑުބަނޑު ކުރިޔަސް އަޅުގަނޑޭ މޮޅުވަނީ، އަޅުގަނޑު ކިތަންމެ ބޮޑު ޔަގީންކަމެއްވެސް އަރުވާފާނަން އެއީ އަޅުގަނޑުމެން ދާނެ ތަނެއް ނޫންކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ދަފްތަރުން ވަކިކުރި 39،000 މީހުންނަކީ އެމަނިކުފާނަށް ތާއީދު ކުރައްވާ މީހުން ކަމަށާއި، ޓިކެޓު ނުލިބިގެން ރައީސް ސޯލިހުގެ ފަހަތަށް އަރާ، ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އަންނާށޭ ބުނެ އެމީހުން ކައިރިއަށް ދާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި، މިހާރުވެސް ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ދިއުމުންވެސް ރައީސް ސޯލިހަށް ވޯޓު ދޭށޭ ކިޔާފައި ނާންނަން އެދޭ ކަމަށެވެ.

" އެކަމެއް އެގޮތަކަށް ނުހިނގާނެ. ރައީސް ސޯލިހްގެ ފަހަތަކަށެއް އެމްޑީޕީ މެމްބަރުން ނެއް ނާރާނެ. ރަށްރަށަށް ދިޔައީމައި އެބަބުނޭ ނުބުނައްޗޭ ދެން އިބޫ އަށް ވޯޓު ދޭން، " ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީ ކާމިޔާބު ނުވިޔަސް ރައީސް ސޯލިހްގެ ފަހަތަށް ނާރާނެ ކަމުގެ އިޝާރާތެއް ނަޝީދު ދެއްވިއިރު، ރޭ އޮތް ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ޕްރައިމަރީ ނިމުމުން އެމްޑީޕީން ނިކުންނާނީ އެކީގައި ކަމަށާއި، އެމްޑީޕީ އަކީ އެއް ބައެއް ކަމަށެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް