ރައީސް މައުމޫނަށް ވަޅިން ހަމަލާ ދޭން މަސައްކަތް ކުރީ އެ ދުވަހު ހެނދުނު 10 ޖަހާ އެހާކަންހާއިރު، އެ މަނިކުފާނު ހޯރަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށެވެ.
ރައީސް މައުމޫނަށް ހަމަލާދޭން މަސައްކަތް ކުރީ ހޯރަފުށީ، ކިނާރާ މުހައްމަދު މުރުޝިދު ކިޔާ، އޭރު އެންމެ 20 އަހަރުގެ ޒުވާނެކެވެ. އެ ހަމަލާއިން ރައީސް މައުމޫން ސަލާމަތް ވެވަޑައިގެންނެވީ، އެ ރަށު ސްކޫލުގައި ކިޔަވަމުންދިޔަ ޖައިޝަމް އިބްރާހީމް ކިޔާ 16 އަހަރުގެ ޒުވާން ސްކައުޓެއްގެ ހުށިޔާރު ކަމުންނެވެ. ޖައިޝަމްވަނީ ރައީސް މައުމޫނަށް ވަޅިން ހަމަލާދޭން މަސައްކަތް ކުރި ޒުވާނާ އަތުގައި އޮތް ވަޅީގައި ހިފަހައްޓާފައެވެ. އެ ހަމަލާގައި ޖައިޝަމްއަށް އަނިޔާވެ ސިއްހީ މަރުކަޒުން ފަރުވާދޭންވެސް ޖެހުނެވެ.
މި ހާދިސާގައި ރައީސް މައުމޫނަށް އަނިޔާވެވަޑައިގެންފައެއް ނުވެއެވެ.