ads
ފިޔޯރީ ސްކޫލުގައި ރޯވެ އަނދަމުންދަނީ
ފިޔޯރީ ސްކޫލުގައި އަލިފާން ރޯވެ ގަދައަށް އަނދަނީ
ގދ. ފިޔޯރީ ސްކޫލް އިމާރާތެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސްކޫލުގެ އިމާރާތު ހޯލުގައި އަލިފާންފަނޑު ވަރަށް ބޮޑަށް ވަނީ ހިފާފަ އެވެ. އެ ވީޑިއޯގައި ބުނާ އަޑުއިވެނީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާ ކުރެވޭ ކަމަށާއި، ފުރަތަމަ ރޯވި ކަމަށް ބެލެވެނީ އެ ހޯލުގައި ހުރި ކަރަންޓު ބޯޑުގައި ކަމަށް ބެލެވޭ ކަމަށެވެ.

މި އަލިފާންގަނޑު ނިއްވުމަށް އެރަށް ދިއުމަށް ގދ. ތިނަދޫ ފަޔާ ސްޓޭޝަންގެ ޓީމެއް މިހާރު ދަނީ ތައްޔާރުވަމުން ނެވެ.  އެމްއެންޑީއެފްއިން ބުނީ ތިނަދޫގެ ފަޔާ ޓީމު އެރަށަށް ދިއުމަށް 45 މިނެޓުވަރު ނަގާނެ ކަމަށެވެ.

your imageފިޔޯރީ ސްކޫލު އިމާރާތުގައި އަނދަމުންދަނީ

ގިނަ ދުންތަކަކާއިއެކު މުޅި ހޯލުގަައި ގަދައަށް އަލިފާން ރޯވަމުންދާއިރު، އަލިފާން ނިއްވުމަށް އެރަށު ބައެއް މީހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުން ނެވެ. އެކަމަކު އެމީހުންގެ އަތުގައި ހުރި އެއްޗެހިން އެ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ވީޑިއޯގައި ބުނާ އަޑު އިވެ އެވެ.

މިކަމާއި ގުޅިގެން އެެޑިއުކޭޝަން މިނިިސްޓްރީން ބުނީ، އަލިފާން ހިފާފައި ވަނީ އެސްކޫލުގެ ބާ ހޯލް އިމާރާތުގައި ކަމަށާއި، އެތަނުގެ ތިން ކްލާސް ރޫމަކީ ކިޔަވާ ކްލާސް ރޫމެއް ކަމަށެވެ. އެހެންކަމުން ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ އިންތިޒާމު އެ ސްކޫލާއި މިނިސްޓްރީ އާއި ގުޅިގެން ހަމަޖައްސަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އިމާރާތުގައި ފަސް ކްލާސް ރޫމް ހުރެ އެވެ. މި ހާދިސާ ހިނގީ ސްކޫލު ބަންދު ވަގުތެއްގައި ކަމުން އެއްވެސް ކުއްޖަކަށް އަދި މީހަކަށް ގެއްލުމެއް ނުވެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް