ads
ސެނެގާލް ބަސް އެކްސިޑެންޓް
ސެނެގާލްގައި ހިނގި އެކްސިޑެންޓެއްގައި 40 މީހުން މަރުވެއްޖެ
ބަސްތަކެއް ޖެހި ސެނެގާލްގައި ހިނގި އެކްސިޑެންޓެއްގައި 40 މީހުން މަރުވެ 87 މީހުނަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ހިނގި މި އެކްސިޑެންޓާއި ގުޅޭގޮތުން އެގައުމުގެ ރައީސް މެކީ ސަލް ވިދާޅުވީ "މަރުގެ" މި އެކްސިޑެންޓްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހަކީ ގައުމީ ހިތާމައިގެ ތިން ދުވަސްކަމަށް ނިންމަވާފައިވާ ކަމަށެވެ.

އޮފިޝަލުން ވިދާޅުވީ އެކްސިޑެންޓްވެފައިވަނީ 60 މީހުންނާއިއެކު މޮރިޓޭނިއާގެ ބޯޑަރު ކައިރީގައި އޮންނަ ރޮސޯއަށް ދަތުރުކުރަމުން ދިޔަ ބަހަކާއި އެހެން ބަހެއް މުޑިއެރުމުންނެވެ. ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ދެ ބަހަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

"އެއީ ސީރިއަސް އެކްސިޑެންޓެއް،" ނޭޝަނަލް ފަޔަރ ބްރިގޭޑްގެ ހެޑް އޮފް އޮޕަރޭޝަންސް ކާނަލް ޗެއިހް ފޯލް އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.

ގިނަ ބަޔަކު މަރުވި މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާއިރު އޭގެތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް