ads
ޕްރިޓީ ލިޓްލުލް ލަޔާސްގެ ތަރި ޝޭ މިޗެލް
ޕްރިޓީ ލިޓްލުލް ލަޔާސްގެ ތަރި ޝޭ މިޗެލް ދަރިންނާއެކު ރާއްޖޭގެ ޗުއްޓީއަކަށް
ހޮލިވުޑްގެ މަޝްހޫރު ތަރި ޝޭ މިޗެލް އޭނާގެ ދެ ދަރިންނާއެކު ރާއްޖޭގެ ރީތި ގޮނޑުދޮށުގައި ޗުއްޓީއެއް ހޭދަކުރަމުންދާކަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުން ހާމަކޮށްފިއެވެ.
Advertisement

އުމުރުން 37 އަހަރުގެ މި ތަރި، މަޝްހޫރުވީ "ޕްރިޓީ ލިޓްލް ލަޔާސް" ޑްރާމާއިންނެވެ. އޭނާގެ 4 އަހަރުގެ ދަރިފުޅު އެޓްލަސް ނޯއާ އަދި 1 އަހަރުގެ ދަރިފުޅު ރޯމްއާއެކު ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި ހިތްގައިމު ވަގުތުތަކެއް ހޭދަކުރަމުންދާ މަންޒަރުތައް ފެނިފައިވެއެވެ.

މިޗެލް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި "ޕެރަޑައިސް ފައުންޑް" މި ނަމުގައި ޕޯސްޓެއް ކޮށްފައިވާއިރު، އޭގައި އޭނާގެ ދަރިން ކަނޑުގެ ރާޅުގައި ކުޅެމުންދާ އަދި ވެލިގަނޑުގައި ވެލިގެ ގަނޑުވަރު ބިނާކުރަމުންދާ ފޮޓޯތައް ހިމަނާފައިވެއެވެ. މި ފޮޓޯތަކަށް ގިނަ ފޮލޯވަރުން ކޮމެންޓްކޮށް، މިޗެލްގެ މަންމައެއްގެ ގޮތުގައި ދަރިންނާއެކު ހޭދަކުރާ ވަގުތަށް ތައުރީފުކޮށްފައިވެއެވެ.

your imageޕްރިޓީ ލިޓްލުލް ލަޔާސްގެ ތަރި ޝޭ މިޗެލް ދަރިންނާއެކު ރާއްޖޭގެ ޗުއްޓީއަކަށް

ޝޭ މިޗެލް އޭނާގެ ވިޔަފާރިތަކާއެކު، ޚާއްސަކޮށް ދަތުރުފަތުރުގެ އެކްސެސަރީޒް ބްރޭންޑް "ބީއިސް" ހިންގުމުގައި ބިޒީކޮށް އުޅުނު ނަމަވެސް، އާއިލާއަކީ އޭނާގެ އެންމެ މުހިންމު އިސްކަމެއް ކަމުގައި އަބަދުވެސް ބުނެއެވެ. ދަތުރުފަތުރާއި ސެލްފް-ކެއާގެ ވަކާލާތުކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިޗެލް، އޭނާގެ ޔޫޓިއުބް ޗެނަލާއި ސޯޝަލް މީޑިއާގައި ދަތުރުތައް ޑޮކިއުމެންޓްކުރުމަށް ލޯބިކުރާ މީހެކެވެ. .

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް