
މިއީ ކެމްޕްކޯއިން ބައިނަލްއަގުވާމީ މާކެޓަށް ފޯއް ވިއްކުން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއްކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ.
ކެމްޕްކޯގެ ޕްރެޒިޑެންޓް ކިޝޯ ކުމާ ކޮޑްގީ ބުނެފައިވަނީ، ދިމާވާ ގޮންޖެހުންތަކާއެކުވެސް ފޯއް ދަނޑުވެރިންނަށް ހަރުދަނާ އަދި ފުދުންތެރިނަން ފޯކުގެ އަގުހެޔޮ މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި ދުނިޔޭގެ މާކެޓަށް ފޯއް ވިއްކުން ފުޅާކުރުމަށް ކެމްޕްކޯއިން މަސައްކަތްކުރަމުންދާ ކަމަށެވެ. އިންޑިއާގެ ލޯކަލް މާކެޓުގައި ކޮލިޓީއަށް މަޝްހޫރު ކެމްޕްކޯއިން މިހާރު ބޭރު ދުނިޔެއަށް އިންޑިއާގެ ފޯއް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖެއަށް ފޯއް އެކްސްޕޯޓު ކުރަން ފެށީ މި ސަބަށްޓައިކަމަށް ވެސް އެނާ ބުންޏެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕްކޯއިން ފޯއް އަދި ސުޕާރި ފަދަ އުފެއްދުންތައް ދުނިޔޭގެ އެކި ގައުމުތަކަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުތައް ބަލަމުންދާ ކަމަށް ކޮޑްގީ ބުންޏެވެ. މިކަމުގެ ސަބަބުން ފޯއް ދަނޑުވެރިންގެ އިގްތިސާދީ ހާލަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ކެމްޕްކޯއިން ރާއްޖެއަށް ފޯއް އެކްސްޕޯޓްކުރުމަކީ އެ ކުންފުނީގެ ބައިނަލްއަގުވާމީ ބްރޭންޑް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ކޮޑްގީ ބުނިއެވެ. ކެމްޕްކޯއަކީ އިންޑިއާގެ ފޯއް މާކެޓުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.