ads
ބީވީމާގެ މަންޒަރެއްގައި ކޮޕީ އިއްސެ އަޝްފާއާއެކު ކާރެއްގައި
ކޮޕީ އިއްސެ، އަޝްފާއާ އެކު ކާރެއްގަ! ހަގީގަތަކީ ކޮބާ؟
ސޯޝަލް މީޑިއާގައި މިރޭ ކުއްލިއަކަށް ދައުރުވާން ފެށީ ދިވެހި ފިލްމީތަރި އިސްމާއިލް ރަޝީދު، (ކޮޕީ އިއްސެ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއާ އެކު ކާރެއްގައި އިންދައި މީހަކު ދޮރު ހުޅުވާލާ މަންޒަރު ދައްކުވައިދޭ ފޮޓޯއެކެވެ.

މި ފޮޓޯގެ ހަގީގަތަކީ ކޮބާތޯ؟ ބަލާލާއިރު މިއީ ފެބްރުއަރީ 6 ވަނަ ދުވަހު ޑާކްރެއިން އެންޓަޓެއިންމަންޓު އިން އެޅުވުމަށް ތައްޔާރުވަމުން އަންނަ ފީޗާ ފިލްމު "ބީވީމާ" ގެ މަންޒަރެކެވެ. 

މި ފިލްމުގެ ޓީޒާއެއް ނެރިފައިވާއިރު، ފިލްމުގެ ޕްރީމިއާ ޝޯގެ ޓިކެޓް ބުކިން މިހާރުވަނީ ފުލްވެފައެވެ.

ކޮވިޑުގެ އާލަމީ ވަބާ މެދުވެރިވެގެން އޮލިމްޕަސް ހުއްޓާލިގޮތަށް ދެ އަހަރު ފަހުން ހުޅުވި ނަމަވެސް، ދިވެހިން، ދިވެހި ފިލްމަށް އޮތް ލޯބި ފެނިގެން ދަނީ މި ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓު މިހާ އަވަހަށް ވިކި ހުސްވުމުންނެވެ.

your imageބީވީމާގެ މަންޒަރެއްގައި އާޝާ އަދި ނާނަ…

ޓީޒާއިން ފެންނަނީ ކޯއްޗެއް؟ 

ސާޅިސް ފަސް ސިކުންތުގެ ޓީޒާ ފެށޭއިރު ފެންނަނީ ޔުނީފޯމެއްގެ ފަހަތުގައި "ފޮގެޓްމީ ނޮޓް" (އަހަރެން މަތިން ހަނދާން ނައްތާނުލާތި) ލިޔާ މަންޒަރެވެ. މިހާރު މަޝްހޫރު ފިލްމީ ތަރި އަދި ޑާކްރެއިންގެ ގޮށްރާޅުން ސިނަމާތަކަށް ނުކުތް އައިމިނަތު ރަޝްފާ (އާށާ) ސްކޫލް ޔުނީފޯމުގައި ވެސް ފެނެއެވެ. އަދި އަލަށް ސިނަމާތަކަށް ނުކުންނަ ލަވަކިޔުންތެރިއާ މަރިޔަމް އަޝްފާ ވެސް ޓީޒާއިން ވަނީ ފެނިގެން ގޮސްފައެވެ. ސިނަމާއަށް އަލަށް ތައާރަފްވާ އާދަމް ޒިދާން ވެސް ޓީޒާއިން ފެންނައިރު ހުންނަނީ ސްކޫލް ޔުނީފޯމެއް ލައިގެންނެވެ. ބޮޑަށް ބެލެވޭ ގޮތުގައި ޓީޒާއިން ފެންނަނީ އާށާ އާއި ކޮޕީ އިއްސެގެ ސްކޫލް ދައުރުގައި އޮތް ގުޅުމެވެ. ނަމަވެސް ފަހުން ހަޔާތުގެ އެތައް ސަފުހާއެއް ލިޔެ ނިމޭފަހުން ބައްދަލުވާކަމުގެ އިހުސާވެސް ޓީޒާ ބަލާލުމުން ކުރެވެއެވެ. ނަމަވެސް ޓީޒާއިން ފެންނަ މަންޒަރާ ސްޓޯރީލައިން ތަފާތުވުން ވެސް އެކަށީގެންވެއެވެ. 

 

ފެބްރުއަރީ ހައެއް ގައި އެޅުވުމަށް ތައްޔާރު ވަމުން ދާ ބީވީމާ އަކީ މިހާރު އެންމެ ކުޅަދާނަ އެއް ކެމެރާމަން މުހައްމަދު ވިޝާން (ކަނޑި) ކެމެރާ ކޮށްފައިވާ ފިލްމެކެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ އަދި ސްކްރީން ޕްލޭ ރައިޓަރަކީ ދިވެހި ފިލްމު ލީނާ އަދި ވެބް ސީރީޒް ގިރިޓީ ލޯބީގެ ސްކްރީން ޕްލޭ ރައިޓަރު އަހްމަދު ޒަރީރު (ޒައްރަ) އެވެ.

your imageބީވީމާގެ މަންޒަރެއް ނަގަނީ…

"ޑާކްރެއިން ގެ މަސައްކަތް ތަކަށް ހުއްޓުމެއް ނައިސް މި ގޮތުގައި ކުރިއަށް ދިއުމުގެ އަސްލަކީ ބެލުންތެރިންގެ ސަޕޯޓް،" ކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓުގެ ވެރިޔާ މުހަންމަދު އަލީ މޮގާ، މީގެ ކުރިން ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.

 

ޑާކްރެއިންގެ ފިލުމުތަކުގެ ޕޯސްޓަރުތައް އާންމުކޮށްފައިވާއިރު އެ ފިލުމުތަކުގެ ތެރިންގެ އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވަނީ "ބީވީމާ"ގެ ޕޯސްޓަރުތަކަށެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް