ads
ބިދޭސީން ތޮށިމަތީގައި
ނީލަން ފިހާރަ އަލިފާން: 200 އަށްވުރެ ގިނަ ބިދޭސީން ހާލުގައި ޖެހިފައި
ރޭ ފަތިހު މާލޭ ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި 200 އަށްވުރެ ގިނަ ބިދޭސީން ހާލުގައި ޖެހިއްޖެއެވެ.

މާލޭ ނީލަން ފިހާރަ ސަރަހައްދުގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި، އެސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއް އެއްކޮށް އަނދާފައިވާކަމަށް އެމްއެންޑީއެފުންވަނީ ބުނެފައެވެ. އަދި  ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން 250 ބިދޭސީން ތިބީ އިމާދުއްދީން ސްކޫލުގައެވެ. މާލެ ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓު ގުޅިގެން ބިދޭސީން ަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނީލަން ފިހާރައިގެ އަލިފާން ނިއްވާލުމަށް އެމްއެންޑީއެފާއި ފުލުހުން އަދި އެއާޕޯޓް ފަޔަރުން ކުރަމުން އަންނަ މަސައްކަތުން އަލިފާނުގެ ބޮޑު ބައެއް ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ކުއިންވަނީ ބުނެފައެވެ.

ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނަ ނީލަން ފިހާރަ ސަރަހައްދަކީ ބޭނުން ކޮށްފައިހުންނަ ތަކެއްޗާއި، އަގުހެޔޮކޮށް ވިއްކާ ބައެއް ތަކެތި އަދި ގިނަ އަދަދެއްގެ ލަކުޑި ވިއްކަން ހުންނަ ތަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް