ads
ނީލަން ފިހާރަ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
އަލިފާނުގެ ހާދިސާތައް ހިނގާއިރު މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފި
ނީލަން ފިހާރަ ސަރަހައްދަށް ދާ ފަރާތްތަކުން ރައްކާތެރިވުމުގެ ގޮތުން މާސްކު އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
Advertisement

ރޭ ފަތިހު 05:30 ހާއިރު ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެފައި ވާއިރު، ނީލަން ފިހާރަތަކާއި، އެ ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުން ދިޔަ އެއް ބްލޮކް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. 

އަލިފާން ނިވުމުގެ މަސައްކަތުގައި އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އެޗްޕީއޭއިން އިން ވަނީ އެ ސަރަހައްދަށް ދާ ފަރާތްތަކުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. 

އެގޮތުން ދުމުގެ އަސަރު ކޮށްފައިވާ ސަރަހައްދަކަށް ނިކުތުމުގެ ކުރިން އަނގަޔާއި ނޭފަތް ނިވާ ކުރުމަށާއި، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ދުން ނުވަންނާނެހެން ބަންދު ކުރުމަށް ވަނީ އެދިފަ އެވެ. 

މީގެ އިތުރުން ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ކުރާ އަސަރު ބޮޑުވެދާނެ ކަމަށާއި، ނޭވާ ކުރުވެ ނުވަތަ ނޭވާލުމަށް އުނދަގޫ ވެ، ބޯ އަނބުރާ ހޮޑުލަވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކުރެވިފައި ވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ އެސަރަހައްދުގައި މީހުން ދިރިއުޅޭ ދެ ބްލޮކްގެ ތެރެއިން އެއް ބްލޮކް އެއްކޮށް އަނދާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި އެނގިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

"އެ ބްލޮކަށް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ސިފައިން ވަދެ ބެލި ބެލުމުން، އެއްވެސް މީހަކު އެތަނުން ފެނިފައެއް ނުވޭ" އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

މި ހާދިސާ އާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން 250 ބިދޭސީން ތިބީ އިމާދުއްދީން ސްކޫލުގަ އެވެ. މާލެ ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓު ގުޅިގެން ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް