ads
ކުޅުދުއްފުށީ ހޮސްޕިޓަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
އެއާޕޯޓެއްއޮވެ ހަނިމާދޫއަށް ބަލިމީހުން ދާންޖެހުން ގަބޫލެއް ނުކުރެވޭ
ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އޮވެ ސީރިއަސް ބަލި ކުއްޖާ، ހަނިމާދޫއިން ދަތުރުކުރަން ޖެހުމަކީ، ގަބޫލްކުރެވޭނެ ކަމެއް ނޫންކަމަށް ޑޮކްޓަރ އައިމިނަތު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑޮކްޓަރު އައިމިނަތު އަބޫބަކުރު މިގޮތަށް ވިދާޅުވީ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވޯޓް ހޯދަން ކުޅުދުއްފުއްޓަށް އަންނަ މީހުން ލަދުގަންނަންޖެހޭ ކަމަށް ވިދާޅުވެ ކުރެއްވި މި ޕޯސްޓުގައި، ޑޮކްޓަރު އައިމިނަތު އަބޫބަކުރު އިތުރަށް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީގައި އެއާޕޯޓް އޮންނަތާ މިހާ ދުވަސްވީއިރު އަދިވެސް، ރޭގަނޑު ފްލައިޓް ޖެއްސޭނެ ފަދައެއްވެސް ނެތް ކަމަށެވެ.

މި ސަރަހައްދުގެ ތިން އަތޮޅު، ހއ، ހދ އަދި ށ އަތޮޅުގެ ގިނަ ރަށްރަށުން ސިއްހީ ފަރުވާގެ ކަންކަމަށް އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ގެންދިޔުމަށް އަންގާ ގިނަ ބަލި މީހުންނަށް، ކުޅުދުއްފުށީ އެއާޕޯޓުން ޖާގަ ނުލިބުމުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. މިކަމުގެ ސަބަބުން ބަލިމީހާއާ، އޭނާގެ އެހީތެރިންނަށްވެސް ބޮޑެތި ތަކުލީފުތަކެއް ކުރަންޖެހެއެވެ. 

ބަލިވެފައި އޮންނަ މީހާއަށް ގިނަ ވަގުތުތަކެއް ދަތުރުގައި ހަނިމާދޫއަށް ދިޔުމަށް ހޭދަކުރަންޖެހުމާ، މޫސުން ގޯސް ކަނޑުގަދަ ދުވަހެއްނަމަ އެކަމުގައި އިތުރު އުނދަގުލާ ކުރިމަތިވެ، ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވެގެންވެސް ދެއެވެ.  

60%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް