ads
ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާގެ ސަބަބުން އަމީނީ ރޫޓު ވަގުތީ ގޮތުން މެދުކަނޑާލައިފި
ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އާރުޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަ ރޫޓް 11 (އަމީނީ ރޫޓު) ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަދު މާލޭގެ ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދު ކުރެވިފައި ވާކަމަށާއި، އެހެން ކަމުން ހިދުމަތް ދެމުން އަންނަ ރޫޓް ތަކަށް ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. 

އެގޮތުން ބަހުގެ ހިދުމަތް ދެމުން އަންނަ ރޫޓް އެކެއް (ވެސްޓް ޕާކު - ހުޅުމާލެ ފޭސް 1) އަދި ރޫޓް ހަތެއް (ހުޅުމާލެ ފޭސް 2 - ވެސްޓްޕާކު) ގެ ބަހުގެ ހިދުމަތް ވަގުތީ ގޮތުން ކާނިވާ ސަރަހައްދަށް ބަދަލުކުރެވިފައިވާ ކަމަށާއި،  ރޫޓް 11 (އަމީނީ ރޫޓު) ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. 

"އަމީނީމަގުގެ ބަސް ދަތުރުތައް މެދުކަނޑާލުމުން އޯކިޑް ރޫޓުން ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ އެރޫޓަށް ބަހުގެ އަދަދު ވާނީ އިތުރު ކޮށްފަ." އެމްޓީސީ އިން ބުނެ އެވެ.

މީގެ އިތުރުން އެމްޓީސީސީއިން ބުނީ، ބޮޑުތަކުރުފާނު މަގު އަލުން ހުޅުވުމާއި އެކު އަލުން ބަހުގެ ހިދުމަތް ކުރިން ދެމުން ދިޔަ ގޮތަށް ދެވޭނެ ކަމަށާއި، މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އެމްޓީސީސީ ހޮޓްލައިން 1650 އިން ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ނީލަން ފިހާރާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ފިހާރަ ބަރި އާއި އެ ސަރަހައްދުގައި ހުރި ބިދޭސީން ތިބޭ ބްލޮކް އެއް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް