ads
ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިވާލުމުގެ މަސައްކަތް ސިފައިން ކުރަނީ
ނީލަންފިހާރަ އަލިފާން: ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި
މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކޮންޓްރޯލް ކޮށްފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބުނީ، ރޭ ފަތިހު 05:43 ހާއިރު ކަމަށާއި، އެ ރިޕޯޓު ލިބުމާއެކު އެފްއާރުއެސްގެ ފަޔާމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ. 

މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައި ނަމަވެސް، އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބާކުއާޓަރެއްގައި ވެސް ހުޅުހިފި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މިހާދިސާގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔާމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން މިއަދު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށާއި، އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

"މިހާދިސާ އާއި ގުޅިގެން ނީލަން ފިހާރައިގެ އުތުރުގައި މީހުން ދިރިއުޅުނު ލޭބާ ކުއާޓާގައި ރޯވި އަލިފާން ކޮންޓްރޯލްވުމުން، ފަޔާމަނުން އެތަނަށްވަދެ ބެލި ބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައެއް ނުވޭ. ނީލަން ފިހާރައަކީ ގިނަ އަދަދެއްގެ ސާމާނުހުރި ތަނެއްކަމުން އެކްސްކަވޭޓަރުގެ އެހީގައި ސިފައިން ދަނީ އަދިވެސް އިތުރަށް އެތަނުގައި މަސައްކަތް ކުރަމުން. ނީލަން ފިހާރައާއި ޖެހިގެން ހުންނަ ލޭބާ ކުއާޓާގައި ދިރިއުޅެމުންދިޔައީ ރާއްޖެއިން ބޭރުގެ މީހުން." އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑިއެފް އިން އިތުރަށް މައުލޫމާތު ދެމުން ބުނީ، އެ މީހުންގެ ތެރޭގައި ބަނގްލަދޭޝްގެ 165 މީހުންނާއި އިންޑިއާގެ ރައްޔިތެއް އެތަނުގައި ދިރިއުޅުމުން ދިޔަ ކަމަށާއި، މިހުރިހާ މީހުންނަކީ މާލެ ސީޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންއަންނަ މީހުން ކަމަށެވެ. މިމީހުންގެ އެންމެން ހަމަކަމަށާއި އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާކަމަށްވެސް ވަނީ ބުނެފަ އެވެ.

"ލޭބާ ކުއާޓާގައި ދިރިއުޅެމުންދިޔަ ރާއްޖެއިން ބޭރު މީހުންގެ ބޯހިޔާވަހިކަމުގެ ކަންކަން ހަމަޖައްސައިދިނުމުގައި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން އަންނަނީ މަސައްކަތް ކުރަމުން."

މި ހިތާމަވެރި ހާދިސާ ހިނގުމާ ގުޅިގެން ޑިފެންސް މިނިސްޓާ މާރިޔާ އަހުމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، މި ހާދިސާއާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް