
މި ހަދިޔާ ހަވާލުވެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނަޒީރު އަދި ޗީފް އޮޕަރޭޓިން އޮފިސަރު އާދިލް މޫސާ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އޯ.އޯ އާދިލް މޫސާ ވަނީ ޗައިނާ އެމްބަސީން ފޯރުކޮށްދެއްވާފައިވާ އެހީއާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ފޯރުކޮށްދެއްވަމުންދާ ވަސީލަތްތަކާއި މަސައްކަތްތަކުގެ އިތުރުން، ރާއްޖެއިން ކޮވިޑް-19 އަށް ރައްދުދިނުމަށް ޗައިނާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާގެ ސަފީރު މިސް ވަންގް ލިކްސިން ވާހަކަފުޅުގައި ވަނީ ސިއްހީ ފަރުވާގެ ސިނާއަތުގައި ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން އަދި ކުރިއެރުވުމަށް ދެފަރާތަށްވެސް ފައިދާވާނެ ގޮތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށް އަލިއަޅުވާލައްވައިފައެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ވަނީ ޗައިނާގެ އެމްބަސީއަށް ޝުކުރު އަދާކުރައްވައި، އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން މައްސަތްކަތް ކުރަނީ މަތީ ފެންވަރުގެ ސިއްހީ ފަރުވާ އާއި މެހެމާންދާރީ ފޯރުކޮށްދިނުމުގައި ކަމަށް ހިއްސާކުރެއްވިއެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލް އުފެދުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރާފައިވާ ހަތަރު ކުންފުންޏެއްގެ ތަސައްވުރާއި އިންވެސްޓްމަންޓުން ކަމަށް އަލިއަޅުވާލެއްވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުނު ދުވަހުން ފެށިގެން ރާއްޖޭގައި ރަނގަޅު ސިއްހީ ދާއިރާއެއް ބިނާކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މި މަގްސަދާ ދިމާއަށް މަސައްކަތް ކުރަމުން އެ ހޮސްޕިޓަލުން ކުރިއަށް ދާނެކަމުގެ ޔަގީންކަން އާދިލް މޫސާ ދެއްވިއެވެ.