
ޕާކިސްތާނުގެ ވަސީމް ދިވެހި ކްރިކެޓް ކުޅުންތެރިންނާއެކު
ޕާކިސްތާނުގެ ވަސީމް އަކްރަމް ދިވެހި ކްރިކެޓް ކުޅުންތެރިންނާއެކު
ސްޕޯޓްސް ޓީމް
09 ޖެނުއަރީ 2023 - 20:51:39
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފާސްޓް ބޯލަރު، ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން ވަސީމް އަކްރަމް ދިވެހި ކްރިކެޓް ކުޅުންތެރިންނާ މާލޭގައި ބައްދަލުކޮށް ހިއްވަރު ދީފިއެވެ.
ވަސީމް އަކްރަމް ދިވެހި ކްރިކެޓް ކުޅުންތެރިންނަށް ހިއްވަރު ދިނީ، ރާއްޖޭގައި މިހާރު ހޭދަކުރަމުންގެންދާ ޗުއްޓީގެ ތެރެއިން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ ދައުވަތަކަށް މާލެ އައިސް މާލޭގައި އެ ކުޅުންތެރިންނާ ބައްދަލުކޮށް މިއަދު ހަވީރުއެވެ.
ދިވެހި ކުޅުންތެރިންނާ މުހާތަބުކޮށް ވަސީމް ބުނި ގޮތުގައި ހުނަރު ހުރެއްޖެ ނަމަ މޮޅު ބެޓްސްމަނަކަށް ނޫނީ މޮޅު އުކުންތެރިޔަކަށް ވެސް ވެވިދާނެއެވެ.
ވަސީމް އަކްރަމްއަކީ، އިނގިރޭސި ވިލާތުގައި ނެރޭ 'ވިސްޑެން' އިން އެކުލަވާލި އެންމެ މޮޅު 11 ޓެސްޓް ކުޅުންތެރިންގެ ލިސްޓުން ޖާގަ ލިބުނު ޕާކިސްތާނުގެ ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާއަކީ ލިމިޓެޑް އޯވާ ކްރިކެޓުގައި 500 ވިކެޓް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް