ads
ކ. ފަރުކޮޅުުފުށި
އަލިފާނުގައި ހާލުގައި ޖެހުނު ބިދޭސީ ފަރުކޮޅުފުށްޓަށް
ހޯމަ ދުވަހު ފަތިހު މާލޭ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ހިޔާވަހިކަމެއްގެ ގޮތުގައި ފަރުކޮޅުފުށި ބޭނުންކުރަން ސަރުކާރުން ނިންމައިފި އެވެ.
Advertisement

 ހޯމަ ދުވަހު ފަތިހު މާލޭ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ހިޔާވަހިކަމެއްގެ ގޮތުގައި ފަރުކޮޅުފުށި ބޭނުންކުރަން ސަރުކާރުން ނިންމީ އެ މީހުންނަށް ހިޔާވަހިކަމެއް މާލޭ ސިޓީ ކައުންސިލަށް ހަމަ ޖައްސައި ނުދެވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ހޯމަ ދުވަހު ފަތިހު ނީލަން ފިހާރައިގައި ރޯވެ، އެ ތަނާ އިންވެގެން ހުރި ލޭބަ ކުއާޓަރަށް ވެސް އަލިފާންގަނޑު ފެތުރުމުން 200 އެއްހާ ބިދޭސީން ވަންނާނެ ތަނެއް ނެތި މަގުމަތިވިއެވެ. ހޯމަ ދުވަހު ހެނދުނުން ފެށިގެން އެ މީހުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލުގަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ނިންމީ ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ވަގުތީ ގޮތުން ބޭނުން ކުރަން ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުން ހުޅުމާލެއާ ގުޅިފައިވާ ކުރީގެ ރިސޯޓު، ކޮވިޑްގެ ދުވަސްވަރު ކަރަންޓީނު ފެސިލިޓީއަކަށް ވެސް ބޭނުންކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް