ads
ރޮހިންގާ ދަރިކޮޅުގެ ބައެއް
ރޮހިންޔާ 12 ކުޑަކުދިންނާއި އެކު 112 މީހުން ޖަލަށް ލައިފި
މިޔަންމާއިން ފިލަން އުޅުނުކަމުގެ ކުށުގައި ރޮހިންޔާ މުސްލިމުންގެ 112 މީހަކު ޖަލަށް ލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މިޔަންމާގެ ދެކުނު އަޔެޔަރވާޑީ ސަރަހައްދުގެ ބޮގާލޭގެ ކޯޓުން 112 މީހުންގެ މައްޗަށް ހުކުމް އިއްވީ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އެމީހުންގެ ކުށަކީ މިޔަންމާއިން ފިލަން އުޅުމެވެ.

ޖަލަށް ހުކުމްކުރި 12 ކުޑަކުދިންގެ ތެރޭގައި 13 އަހަރު ދަށުގެ ފަސް ކުދިން ހިމެނެއެވެ. ބާކީތިބި ކުދިންނަށްވެސް 18 އަހަރު ނުވާއިރު އެކުދިން ދެ އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން މި ގްރޫޕްގައި ހިމެނޭ 18 އަހަރުން މަތީގެ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް ކޮށްފައިވާއިރު، އެމީހުންގެ އަތުގައި ރަސްމީއެއްވެސް ލިޔެކިއުމެއްވެސް ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ އަގްލަބިއްޔަތު އޮންނަ ބުޑިސްޓުންގެ ބާރާއި ނުފޫޒުން ބައިމަދު މުސްލިމުންނާއިމެދު އެގައުމުގެ ސަރުކަރުންވެސް ގެންދަނީ ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންނެވެ. އަދި ބުޑިސްޓުން މުސްލިމުންނާއިމެދު ހިންދާ ގަތުލުއާއްމުތަކުގައި ސަރުކާރުން ބައިވެރިވާކަމުގެ ތުހުމަތު އަބަދުވެސް ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް