ads
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް: ފައިލް ފޮޓޯ
ސުޕްރީމް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު މަދުވެއްޖެ
ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ އަދަދު، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު މަދުވެއްޖެއެވެ.
Advertisement

ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު އެ ކޯޓުން ނިންމާފައިވަނީ 107 މައްސަލައެވެ. 

އޭގެ ތެރެއިން 106 މައްސަލައިގައި ގޮތެއް ކަނޑައެޅިފައިވާއިރު 6 މައްސަލައަކީ މައްސަލަ ހުށަހެޅީ ފަރާތުން އަނބުރާ ގެންދިޔަ މައްސަލައެވެ. 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވަނީ، 138 މައްސަލައެވެ.

2022 ވަނަ އަހަރު ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވަނީ 105 މައްސަލައެވެ. އޭގގެ ތެރޭގައި އެންމެ ގިނައީ މަދަނީ މައްސަލަތަކެވެ. މަދަނީ 55 މައްސަލަ 2022 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާއިރު 25 ޖިނާއީ މައްސަލަ ސުޕްރީމް ކޯޓުގައި މިދިޔަ އަހަރު ރަޖިސްޓްރީ ކުރެވުނެވެ. ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ އަދަދުވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު މަދެވެ. 2021 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނީ 119 މައްސަލައެވެ.

ސުޕްރީމް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގައި ނުނިމި 121 މައްސަލަ އެބައޮތެވެ. 2021 ވަނަ އަހަރު ނިމުނު އިރު ސުޕްރީމް ކޯޓުގައި ނުނިމި އޮތީ 123 މައްސަލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް