ads
އުރުވާށީ ރައުޓެލާ
ކުރީގެ ލޯބިވެރިއާއަށް އުރްފުވަށީ ޖާސޫސްކުރާކަމުގެ ތުހުމަތު
ބޮލީވުޑްގެ މަޝްހޫރު ތަރި އުރްވަށީ ރައުޓެލާ އެނާގެ ކުރީގެ ލޯބިވެރިއާ އަދި އިންޑިއާގެ މަޝްހޫރު ކުރިކެޓު ކުޅުންތެރިއާ ރިޝާބް ޕަންޓް އަށް ޖާސޫސް ކުރަމުން އަންނަކަމަށް ގިނަބަޔަކު ތުހުމަތުކޮށް ތަފާތު އެކި ވާހަކަ ދައްކަންފަށައިފިއެވެ.

މި ވާހަކަތައް ފެތުރެން ފަށާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ރިބާޝް ވަނީ ނުރައްކާތެރި އެކްސިޑެންޓަކާ ކުރިމަތިވެފައެވެ. އޭނާ އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާހޯދަމުންނެވެ.

އޭނަ ފަރުވާ ހޯދުމުން ގެންދާ އަންބާނީ ހޮސްޕިޓަލް ކައިރީގައި އުރުވަށީ ވަނީ ފޮޓޯތަކެއް ނަގާފައެވެ. އުރުވަށީ އޭނާގެ ކުރީގެ ލޯބިވެރިއާއަށް ޖާސޫސް ކުރާކަމުގެ އަޑުތައް ފެތުރެން ފެށީ މި ހިސާބުންނެވެ.

your imageރިޝާބް ޕަންޓް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި (ވ)

އެ އަޑުތައް ގަދަވެފައިވަނިކޮށް އުރުވާށީގެ މަންމަ މީރާ ރައުޓެލާ ވެސް ވަނީ ހަމަ އެ ހޮސްޕިޓަލް ކައިރީގައި ފޮޓޯއެއް ނަގައި އުރުވާށީ ޓެގްކޮށް "ހުރިހާ ކަމެއް ވެސް ރަނގަޅު" ކަމަށް ބުނެފައެވެ.

އުރުވަށީ މަންމަގެ މި ފޮޓޯއާއެކު ބޮލީވުޑް ސަޕޯޓަރުންގެ ފަރާތުން އިންޓަނެޓަށް ވަނީ 'ޒަލްޒަލާ' އެއް އައިސްފައެވެ.

މިގޮތުން އުރުވަށީއާއި އޭނާގެ މަންމަ ރިބާޝް އަށް ޖާސޫސު ކުރާކަމުގެ އަޑުތައް އިތުރުވިއެވެ.

އުރުވާށީ ރައުޓެލާ ވަނީ މިސް ޑިވާ ޔުނިވާސް 2015 ގެ ތަށި ހޯދައި، މިސް ޔުނިވާސް 2015 ގެ މުބާރާތުގައި އިންޑިއާ ތަމްސީލުކޮށްފަ އެވެ. 2013 ވަނަ އަހަރު ސިންގް ސާބް ދަ ގްރޭޓް (2013) އިން ފުރަތަމަ ފަހަރަށް ފެނިގެންދިޔަ އިރު، ސަނަމް ރޭ (2016)، ގްރޭޓް ގްރޭންޑް މަސްޓީ (2016)، ހޭޓް ސްޓޯރީ 4 (2018) އަދި ޕަގަލްޕަންޓީ (2019) ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް