ads
އަމިން އެވެނިއު، ހުޅުމާލެ/ ފޮޓޯ:ޕްރޮޕަޓީ.އެމްވީ
އަމީން އެވެނިއު މެޕަލް އެޕާޓްމަންޓުތަކުން މެއިންޓެނަންސް ފީ ނުދައްކައިފި ނަމަ ހިދުމަތް ހުއްޓާލަނީ
އަމިން އެވެނިއު "މެޕަލް" އެޕާޓްމެންޓުތަކުން މެއިންޓެނެންސް ފީ ނުދައްކާ ގިނަ މަސްތަކެއް ދިއުމުން، މެއިންޓެނަންސް ފީ ނުދައްކާނަމަ ހިދުމަތް ދިނުން ހުއްޓާލަން ޖެހިދާނެ ކަމަށް އެ އިމާރާތުގެ މެއިންޓެނަންސްގެ ކަންތައްތައް ބަލަހައްޓަމުން ގެންދާ ޕްރިމިއަމް ޕްރޮޕަޓީއިން ބުނެފި އެވެ.

އެޕާޓްމެންޓްތަކުން ދައްކަން ޖެހޭ މެއިންޓެނަންސް ފީ މަހުން މަހަށް ނުލިބުމާ ގުޅިގެން އެ ކުންފުނިން ވަނީ މީގެ ކުރިން އެކި ފަހަރު މަތިން އެޕާޓްމެންޓްތަކަށް ނޯޓިސް ފޮނުވާފަ އެވެ. އެހެންނަމަވެސް ފީ ނުދައްކާ އެޕާޓްމެންޓްތަކުގެ ފަރާތުން އެއްބާރުލުން ނުލިބުމުން އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ކަމަށްވާ ސެކިއުރިޓީ ހިދުމަތާއި، ލިފްޓް، އެކްސެސް ކޮންޓްރޯލް، ކޮމަން އޭރިއާ ސާފުކުރުން އަދި ކުނި އުކާދިނުން ފަދަ ހިދުމަތްތައް ދިނުން ހުއްޓާލާން ޖެހޭނެ ކަމަށް ބުނެ އެ ކުންފުނިން ވަނީ އަމިން ކޮންސްޓްރަކްޝަން އަށް އަންގާފަ އެެވެ. 

ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު އަމިން ކޮންސްޓްރަކްޝަން އާއި ޕްރިމިއަމް ޕްރޮޕަޓީ އާއި ދެމެދު އޮތް ބައްދަލުވުމެއްގައި ޕްރިމިއަމް ޕްރޮޕަޓީ އިން ވަނީ މައިންޓަނެންސް ފީގެ ގޮތުގައި ދައްކާ ފައިސާގެ އަދަދު މަދުވަމުން ގޮސް އިމާރާތުގެ ސެކުރިޓީ ގެ ހަރަދާއި ކަރަންޓުގެ ހަރަދު ދެކޮޅު ނުޖެހޭކަން ހާމާކޮށްފައެވެ. އަދި ހަމަ މިމަހުގެ 23 ވަނަ ދުވަހު ޕްރިމިއަމް ޕްރޮޕަޓީ އިން ވަނީ ފެބްރުއަރީ 29 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އަމިން އެވެނިއު "މެޕްލް"ގައި ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލާނެ ކަމަށް ބުނެފަ އެވެ. 

ހިދުމަތް ކަނޑާލާނެ ކަމުގެ ނޯޓިސް ލިބުމާއިއެކު، ޕްރިމިއަމް ޕްރޮޕަޓީ އާއި އެކު މި މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރެވެން ފުށުނު ކަމަށް އަމީން ކޮންސްޓްރަކްޝަން އިން ބުނެއެވެ. މެއިންޓަނަންސް ފީ ނުދައްކާ ހުރި އެޕާޓްމެންޓްތަކުގެ ވެރިން، ނުދައްކާ ހުރި ފީތައް ދެއްކުމަށް އިތުރު މުއްދަތެއް ދިނުމަށް އަމީން ކޮންސްޓްރަކްޝަން އިން އެދުމުން، ޕްރިމިއަމް ޕްރޮޕަޓީ އިން ވަނީ ފީ ދެއްކުމުގެ މުއްދަތު މާޗް މަހުގެ ހަތް ވަަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފައެވެ. 

ކަރަންޓް ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިއްޖެނަމަ، ކޮމަން އޭރިއާގެ ކަރަންޓު މެދުކެނޑުން އެކަށީގެންވާކަމާއި މިގޮތަށް ކަންވެއްޖެނަމަ މިއީ މިއަދާ ހަމައަށް ބަރާބަރަށް ފީ ދައްކާފައިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އަމިން ކޮންސްޓްރަކްޝަނުން ވަނީ ފާހަގަ ކޮށްފައެވެ. އެކުންފުނިން ވަނީ މިކަމަށް އަވަސް ހައްލެއް ހޯދާ އިމާރާތުން ލިބެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. 

އަމިން ކޮންސްޓްރަކްޝަން އިން ވަނީ މި ކަންތައްތައް ބަޔާންކޮށް، އަމިން އެވެނިއު "މޭޕްލް"ގެ ހުރިހާ އެޕާޓްމެންޓްތަކުގެ ވެރިފަރާތަށް ސިޓީ އެއް ފޮނުވާފައެވެ. މި ސިޓީ އާއި އެކު އެ ކުންފުނިން ވަނީ ޕްރިމިއަމް ޕްރޮޕަޓީ އިން އެ ކުންފުންޏަށް ފޮނުވާފައި ހުރި ސިޓީތަކުގެ ކޮޕީ އާއި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެޕާޓްމެންޓްތަކުގެ މެއިންޓަނަންސް ފީ އަދި އިންޝޫރަންސް ފީ ގެ ގޮތުގައި ނުލިބިހުރި ފައިސާގެ ސްޓޭޓްމެންޓްގެ ކޮޕީ އެޕާޓްމެންޓްތަކުގެ ވެރިންނާއި ހިއްސާ ކޮށްފައެވެ. 

67%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް