ads
ވިއެޓްނާމުގައި ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެއްޖެ!
ވިއެޓްނާމުގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެގެން ކެރެންޓީނު ކުރި އެންމެން ވެސް އެ ބަލިން ސަލާމަތްވެއްޖެ އެވެ.

އެގޮތުން ޖުމްލަ 16 މީހަކު މިހާރު ވަނީ ކެރެންޓީނުން ދޫކޮށްލާފަ އެވެ.

ދޫކޮށްލި މީހުންގެ ތެރޭގައި 73 އަހަރުގެ މީހަކާއި 50 އަހަރުގެ ފިރިހަނަކު ވެސް ހިމެނެެ އެވެ. ވިއެޓްނާމްގެ ސަރުކާރުން ބުނާ ގޮތުގައި ކޮރޯނާ ވައިރަސް ގެ އިތުރު ކޭސް އެއް މިމަހުގެ 13 ވަނަ ދުވަހުގެ ފަހުން އަދި ފެނިފަ އެއް ނުވެއެވެ. 

ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ އޮފިޝަލުންނާއި ތަޖުރިބާކާރުން ބުނާ ގޮތުގައި، ފަސޭހަ ކަމާއި އެކު ކޮވިޑް-19 އާއި ދެކޮޅަށް ފަރު ވާލިބިގަނެވުނީ ވިއެޓްނާމްގެ ސަރުކާރުން ކުރީ ބައިގައި ވައިރަސް އާއި ދެކޮޅަށް ފިޔަވަޅު އެޅުމުންނެވެ. 

ޗައިނާ ނޫން ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަސް މިހާތަނަށް އެންމެ ބޮޑަށް ފެނިިފަވާ ގައުމުތަކުގެ ތެރޭގައި، ސައުތު ކޮރެއާ، އީރާން، އިޓަލީ އަދި ޖަޕާން ހިމެނެ އެވެ. މި ވައިރަސް އަންނަނީ އިތުރު ގައުމުތަކުން ވެސް ފެންނަމުންނެވެ. އެގޮތުން ބުދަ ދުވަހު ޕާކިސްތާނާއި، ޖަރުމަނު އަދި ބްރެޒިލުން ވަނީ އަލަށް މި ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ.  

ކޮރޯނާ ވައިރަހަށް މިހާތަނަށް 83,361 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 2,857 މީހުން ވަނީ މަރުވެފަ އެވެ.    

87%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް