
އިންޑިއާގެ މަގުމަތީ އޭނާ ފަހަތުން ޕަޕަރާޒީން ދުވަނީ އެވެ. އޭނާ ބަލަނީ އެއީ އޭނާއަށް ލިބޭ ބޮޑު ސަމާލުކަމެއް ކަމަށެވެ. އޭނާ އަޅާ ހެނދުންތަކަކީ ފެޝަން ކަމަށެވެ. ދުބާއީގެ މަގުމަތީގައިވެސް ނިވާކަން ކުޑަކޮށް ހެނދުން އެޅުމުގެ ސަބަބުން ހިފެހެއްޓި އުރުފީގެ މައްސަލަ އިންޑިއާގެ ޕޮލިޓީޝަނަކުވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
މުޖުތަމައުގެ އަހްލާގީ މިންގަނޑާއި ނުގުޅޭ ހެނދުން އަޅައިގެން މަގުމަތީ "ބަަރަހަނާ ވެގެން" އުޅޭކަމަށް ބުނެ އުރްފީއާއި ދެކޮޅަށް އެ މައްސަލަ ހުށަހެޅުމުން، މިފަހުން އޭނާ އާންމުތަންތަނުން ފެންނަނީ ހަށިގަނޑު ނިވާ ވާވަރުގެ ހެނދުން އަޅައިގެން އުޅޭތަނެވެ.
ނަމަވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މިފަހުން އާންމުކޮށްފައިވާ ފޮޓޯއަކާއިއެކު ބުނެފައިވަނީ، އޭނާ "ބަރަހަނާ ވެގެން އުޅެނީ، ހެނދުމަށް އެލާޖިކް ވާތީ" ކަމަށެވެ. އެޔަށްފަހު އާންމުކުރި ވީޑިއޯގައި ފެންނަގޮތުން އޭނާގެ ދެފަޔާއި ދެ އަތުގައި ވެސް ރަތްވެފައިވާ ފިތްގަނޑުތަކެއް ކަހަލަ އެއްޗެހި ތަކެއް ހުއްޓެވެ.
އޭނާ ނިވާކަން ކުޑަކޮށް ހެނދުން އަޅަނީ "ހެދުމަށް އެލާޖިކް ވާތީ" ކަމަށް ބުނެ އުޒުރު ދައްކާފައިވާއިރު، ބައެއް މީހުން ބުނަނީ މިއީ އޭނާ އާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން، ކޮންމެވެސް އުޒުރެއް ދައްކައިގެން އަލުން ނިވާކަން ކުޑަ ހެދުން އެޅަން ފަށަންވެގެން ދައްކާ "ފޭކު ވާހަކަތަކެއް" ކަމަށެވެ.
އަނެއްބަޔަކު ބުނަނީ، ހެދުން ލުމުން އޭނާގެ ހަށިގަނޑަށް އެހެންވާ ސަބަބަކީ، މުސްލިމެއްގެ ގޮތުގައި ހުރެ ހެދުން އަޅައިގެން، ބަރަހަނާ ހާލުގައި މަގުމަތީ މީހުންނަށް ދައްކަމުން ހިނގާތީ އައި އަޒާބެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ކެކި ފިހިފައިވާފަދަ ފިއްގަނޑުތަކެއް ނަނގާ އޭގެ ސަބަބުން އުނދަގޫ އިހުސާސް ކުރަންޖެހެނީ، އެއީ އޭނާ އަށް ދުނިޔެމަތީގައިވެސް ނަރަކައިގެ ހޫނު އަޒާބު ކޮންމެވެސް ގޮތަކުން ދައްކަވަނީ ކަމަށް ވެދާނެ ކަމަށެވެ. މާތްﷲ ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަށް ދުނިޔެމަތީގައި މިފަދައި އަޒާބުގެ ރަހަ މީގެ ކުރިން ވެސް ދައްކަވާފައިވާ އެބަހުރި ކަމަށްވެސް ބައެއް މީހުން ބުނެފައި ވެއެވެ.
އުރުފީ އަކީ މުސްލިމަކަށްވާއިރު އޭނާ ނިވާކަން ކުޑަކޮށް ހެދުން އަޅާތީ މީގެ ކުރިންވެސް ފާޑުކިޔުންތައް އަމާޒުވުމުން އޭނާ އެއްވެސް ދީނެއް ގަބޫލުނުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އޭނާ އަކީ އިސްލާމެއް ނަމަވެސް އިސްލާމްދީނުގައި ހުންނަ ބައެއް ކަންކަމުގެ ސަބަބުން އޭނާ އަށް އިސްލާމް ދީން އެހާ ކަމު ނުދާ ކަމަށެވެ. އެހެންވެ، ވަރަށް ކުރީންސުރެވެސް އޭނާ ދީނަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.