ads
ނަޝީދު
ގާނޫނު އަސާސީ ބަދަލުކޮށް ތިންވަނަ ދައުރަކަށްވެސް ސޯލިހު އެދޭނެ: ނަޝީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ތިން ވަނަ ދައުރަކަށް ވެސް އިންތިހާބު ވާން ބޭނުންފުޅުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނާ ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ބ. އަތޮޅުގައި ވާހަކަ ދައްކަވަމުންނެވެ. އިންތިހާބުގެ ކެމްޕެއިނުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށެވެ. އަދި ތިން ވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވުމަކީ ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ދާދި ފަހުން އަޅުގަނޑު ފޮނުވި ގައުމެއްގެ ސަރުކާރުން އެހެން ގައުމަކަށް، އެފްރިކާގެ ގައުމަކަށް. އަޅުގަނޑު ގާތުގައި ބުނެފައި އޮތީ ގޮސް އެ ގައުމުގެ ރައީސް ކައިރީ ބުނެދޭށޭ އޭނާ ކުރިމަތި ނުލާށޭ. ދެ ފަހަރު ލާ. ގާނޫނުއަސާސީ ބަދަލުކޮށްގެން އެކަން ވަނީ. އަޅުގަނޑު ހިތަށް އެރީ މާތްކަލާއްކޯ މި ކަހަލަ ކަމެއް އަޅުގަނޑުމެނާ ދިމާވާނެއޭ،"

ރައީސް ނަޝީދު އަންނަނީ ކެމްޕެއިނުގައި ރައީސް ސޯލިހަށް ފާޅުގައި އެކި ގޮތްގޮތުން ފާޑު ވިދާޅުވަމުންނެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މައުމީނީ ސިފަތައް" އެމްޑީޕީގެ ތެރެއަށް ވަންނަން ފަށައިފި ކަމަށެވެ. ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މި ވާހަކަ ވިދާޅުވަމުންނެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް