ads
ނީލަން ފިހާރަތައް ހުރި ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ
ދެން ނީލަން ފިހާރަތައް ހުރި ތަނުގައި ވިޔަފާރި ނުކުރެވޭނެ: މޭޔަރު
މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރަ ސަރަހައްދުގައި ދެން ވިޔަފާރި ކުރުމަށް ހުއްދަ ނުދޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ ހޯމަ ދުވަހުގެ ފަތިހު ނީލަން ފިހާރަ ބަރީގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. މި ހާދިސާގެ ސަބަބުން އެތަން އެއްކޮށް އަނދާ ހުލިވެފައި ވާއިރު، އެ ސަރަހައްދުގައި ހުރި ލޭބާކުއާޓާއެއްވެސް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. 

މިކަމާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އަލުން އެ ސަރަހައްދުގައި ވިޔަފާރި ކުރުމަށް ހުއްދަ ދިނުމަކީ، ޗޮއިސްއެއް ނޫން ކަމަށާއި އެތަން އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އެތަން ހިންގަން މާލޭ އިންޑަސްޓްރިއަލް ވިލެޖުން ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދިނުމަކީ މައްސަލައެއް ނޫން ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވީ އިންޑަސްޓްރިއަށް ވިލެޖަށް އެތަން ބަދަލު ކުރިޔަސް ވަކި ބަޔަކަށް އެތަން ދޫ ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެތަން ހިންގާނީ އޮންނަ އުސޫލުގެ ދަށުން ފުރުސަތަށް ހުޅުވާލައިގެން އެކަން ކުރަން ބޭނުންވާ މީހުންނަށް ކަމަށެވެ.

"ނީލަން ފިހާރަ ހިންގަން ސަރުކާރުން ޖާގަ ނުދެންޏާ ވާނެ ގޮތަކީ ނީލަން ފިހާރަ ނުވަތަ ސެކަންޑް ހޭންޑް މާކެޓް ވަގުތީ ގޮތުން ވިޔަސް މާލެ ސިޓީގަ ނެތިގެން ދާނެ، އެއީ ދެން އޭގަ އޮތް ނަތީޖާއަކަށް ވާނީ" މޭޔަރު ވިދާޅުވި އެވެ.

ނީލަން ފިހާރަ އެ ސަރަހައްދުން ނަގަން މީގެ ކުރިން ވެސް ކައުންސިލުން ފާސް ކުރި އެވެ. އެހެންނަމަވެސް އެތަން އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވުނީ ސަރުކާރުން ބިމެއް ނުދެއްކުމުން ކަމަށް ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

ނީލަން ފިހާރައިގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ، މިދިޔަ ހޯމަ ދުވަހު ފަތިހު 05:43 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔާމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން ހޯމަ ދުވަހު ހެނދުނު 07:35 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ 

އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހޯމަ ދުވަހު ހެނދުނު 08:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް