ads
ބްރޯޑްކާސްޓިން ކޮމިޝަން-
ހުސްވެފައިވާ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ބްރާޑްކާސްޓީން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށް އިސްތިއުފާ ދެއްވާފަ އެވެ. 

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގުރާރާއި، ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) ހުށަހެޅުމަށް އެދޭ ކަމަށެވެ.

ފޯމު ހުށަހެޅޭނީ މި މަހުގެ 22 އާއި 23ގެ 9:30 އިން 12:30 އަށް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި، ހުންނަން ޖެހޭ ޝަރުތުތަކަކީ މުސްލިމަކު ކަމުގައިވުމާއި ދިވެހިރައްޔިތަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ވެފައިވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމެވެ.

މީގެ އިތުރުން ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް