ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1ގެ ރީތިގަސް މަގުގައި ކާރަކާއި، ވޭން އަކާއި އެމްޓިސީސީގެ ބަހެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 8:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާއަށް އަނިޔާވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އެ މީހާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރައް ތަހުގީގު ކުރަމުންނެވެ.