ގޭބީސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ސްމާޓް މީޓަރު ތައާރަފުކޮށް އެ މީޓަރުގެ ބެހެއްޓުމުގެމަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ބުނީ މިދިޔަަހުގެ 28 ގައެވެ.
އެ ކުންފުނިން އެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ ދ އަތޮޅުގައެވެ. އެ އަތޮޅު ހުރިހާ ރަށެއްގައި މި މަސައްކަތް ކުރަމުން އަންނައިރު ވަރު މަދުގެއެއްގައި ނޫނީ ވަނީ ސްމާޓް މީޓަރު ހަރުކޮށް ނިންމާފައެވެ.
ދ. އަތޮޅުގައި މަސައްކަތް ނިންމާފައިވާ ނިސްބަތް
ފެނަކައިން ބުނީ ކޮންސިއުމަރ ކވއ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް، ރިމޯޓްކޮށް މީޓަރ ރީޑިންގ ނެގުމާއި، ޑާޓާ ކަލެކްޓް ކުރުމުގެ މަސައްކަތް މިހާރު އިތުރު އެހެން އަތޮޅުތަކުގައިވެސް ފެށިގެން ކުރަމުން އަންނަކަމަށެވެ.
ސްމާޓް މީޓަރު ހަރުކުރަމުން އަންނަ އަތޮޅުތައް
ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ސްމާޓް މީޓަރުތަކުން ކޮންމެ ދުވަހަކުވެސް ކަރަންޓްް ބިލަށް އަރާވަރު ބަލާ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
މިދިޔަ ރޯދަމަހު ކަރަންޓް ބިލްތައް ބޮޑުވުން އެކަމުގެ ޝަކުވާތައް ވަނީ ބޮޑުވުމުން ސަރުކާރުން ވަނީ އެ ބިލްތަކަށްް ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ.