ads
ފީލްޑް ޓްރިޕެއްގައި ދަރިވަރުންތަކެއް އެމްޓީސީސީ ބަހެއްގައި ޓީޗަރުންނާއިއެކު
ހުޅުމާލޭގައި އުޅޭ ދަރިވަރުންނަށް ގިޔާސުއްދީނުން ބަހެއް ހަމަޖައްސައިފި
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ތެރެއިން ހުޅުމާލޭގައި އުޅޭ ދަރިވަރުން ސުކޫލަށް ގެނައުމަށް ހާއްސަ ބަހެއް ހަމަޖައްސައިފި އެވެ.

އެ ސްކޫލުން ބުނީ އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ބަހުގެ ހިދުމަތް ދަރިވަރުންނަށް ދޭންފެށީ ދަރިވަރުންނަށް އިތުރު ރައްކާތެރުކަމެއް ދިނުމަށް ކަމަށެވެ.

ދަރިވަރުންގެ އަތުން ފީއެއް ނަގައިގެން ދެމުންދާ މި ހިދުމަތް މިހާރުވެސް 23 ދަރިވަރަކު ބޭނުންކުރަމުން ގެންދާކަމަށް އެ ސްކޫލުން ބުނެއެވެ.

ގިޔާސުއްދީނުން ބުނީ ދަރިވަރުން ބަހުގައި ސުކޫލަށް ގޮސް އައިސަ ހަދާނީ ޓީޗަރުންނާއި އެ ސްކޫލްގެ މުވައްޒަފުންނާއިވެސް އެކުގައި ކަމަށެވެ. އެގޮތުން ބަހުގައި ދަރިވަރުން ތިބޭ ހުރިހާ ވަގުތެއްގައިވެސް ޓީޗަރުންނާއި މުވައްޒަފުން ބަހުގައި ތިބޭނެކަމަށް އެ ސްކޫލުން ބުނެއެވެ.

ހުޅުމާލެއިން މާލޭގެ ސްކޫލްތަކަށް ގިނަ އަދަދެއްގެ ދަރިވަރުން ކޮންމެ ދުވަހަކުވެސް އާދެވެ. އެހެން ކަމުން ވިއްސާރަ މޫސުމުގައި ދަރިވަރުން ސުކޫލަށް ގެނެސް ގެންގޮސް ހެދުމަކީ ބެލެނިވެރިންނަށް އުނދަގޫ މަސައްކަތަކަށްވަނީ ވެފައެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް