ads
ފަނޑިޔާރު ހުސްނުއްސުއޫދު. ފޮޓޯ: މިހާރު
ޖުޑިޝަރީއާ ވޮލީ ކޯޓަކާ ހުރި ތަފާތަކީ ކޮބާތޯ: ސުއޫދު
ޖުޑިޝަރީއާ ވޮލީ ކޯޓަކާ ހުރި ތަފާތަކީ ކޮބާތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރައްވައިފި އެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ނުރުހުންވެ ހުންނަވައި މި ސުވާލު އުފެއްދެވީ މިއަދު ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތެއްގައެވެ. މި ޝަރީއަތަކީ ޖުޑިޝަރީގެ އިދާރީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ސުޕްރީމް ކޯޓާ ހިސާބަށްގޮސްފައިވާ މައްސަލައެކެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގައި މިދިޔަ އަހަރު ފަހުކޮޅު އޮތް ފުރަތަމަ އަޑު އެހުމުގައި، މުވައްޒަފުންގެ މައްސަލަތަކުގައި ޖޭއެސްސީއަށް ދައުވާ ކުރެވިދާނެ ހަމައަކީ ކޮބައިތޯ ސުއޫދު ސުވާލު އުފެއްދެވިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު މެންދުރު އޮތް މިއަދު އޮތް އަޑު އެހުމުގައި އޮތީ ކުރެއްވި ސުވާލަށް މައްސަލައިގެ ހަސްމުންގެ ފަރާތުން ޖަވާބު ދިނުމެވެ. މި މައްސަލައިގެ ތެރެއިން ޖޭއެސްސީގެ ހައިސިއްޔަތާ ގުޅޭ ގޮތުން ޖޭއެސްސީން ޖަވާބުދާރީވީއިރު ސުއޫދުވަނީ ނުރުހުންވެ ހުންނަވައި ޖޭއެސްސީގެ ވަކީލުންނާ ސުވާލު ކުރައްވާފައެވެ.

"އެހެންވީމާ ޖުޑިޝަރީ ނޮން އެގްޒިސްޓެންސް ދެއްތޯ؟ ތިޔަ ގޮތަށް ވިދާޅުވަންޏާ ޖުޑީޝަރީ ޑަޒްންޓް އެގްޒިސްޓް އޭސް އެން އޯގަން އޮފް ދަ ސްޓޭޓް ދެއްތޯ؟ ވެއާ އިޒް އިޓް؟ ޑޫ ވީ ސީއިޓް"؟ ޖޭއެސްސީން ދެއްކެވި ވާހަކަތަކާ ގުޅިގެން ޝަރީއަތުގައި ސުއޫދު ވިދާޅުވިއެވެ

ގަޑިއެއްހާއިރަށް ދިގު ދެމިގެން ދިޔަ މިއަދުގެ އަޑު އެހުމުގައި ސުއޫދުވަނީ ޖޭއެސްސީއަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާއެވެ. ޖުޑީޝަރީގެ މިނިވަންކަމަކީ ކޮބައިތޯ އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓޭޓަރު އައްޔަން ކުރަނީ ކޮން ފަރާތަކުންތޯއާއި އޭނާގެ ޒިންމާތަކަކީ ކޮބައިތޯވެސް ސުއޫދު މިއަދުގެ އަޑު އެހުމުގައި ސުވާލު އުފެއްދެވިއެވެ.

މިއަދުގެ އަޑު އެހުން ނިންމަވާލެއްވީ ދެން އޮންނާނީ މި މައްސަލައިގެ ފަހު އަޑު އެހުން ކަމަށް މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުން އިއުލާން ކުރެއްވުމަށް ފަހުއެވެ. މި މައްސަލައިގައި ބެންޗުގައި ސުއޫދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ޑރ. މުހައްމަދު އިބްރާހީމާ އަލީ ރަޝީދުއެވެ. ރިޔާސަތަކީ ޑރ. މުހައްމަދު އިބްރާހީމްއެވެ.

64%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް