ވޯލްޑް ބޭންކުގެ "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓް" އެއްކަރުދާސް ކުރައްވާ އަމީރު ކުރެއްވި ޓްވިޓްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަހަރު %8.2 ކުރިއަރާނެކަމަށް އެރިޕޯޓްގައި ވާކަމަށާއި އެހެންކަމުން ދެކުނު އޭޝިއާގެ އިގްތިސާދު އެންމެ ބާރަށް ކުރިއަރާނެ ގައުމަކީ ރާއްޖެ ކަމަށެވެ.
އަދި މިއީ ރާއްޖޭގެ މަރުކަޒީ ބޭންކުން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރި މިންވަރަށް ވުރެވެސް މަތީ އަދަދެއްކަމަށް އަމީރު ވިދާޅުވިއެވެ.
މިއަހަރު ރާއްޖޭގެ އިގްތިސާދު %12.4 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބޭންކުގެ "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓް" ގައި ބުނެފައިވާއިރު ރާއްޖޭގެ މަރުކަޒީ ބޭންކުގެ އަންދާޒާއަކީ %12.3 އެވެ.