ads
ފިހާރައެއްގައި ވިއްކަންހުރި ބައެއް ތަކެތި
އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްގެން ކާބޯތަކެތި އެތެރެކުރާތީ ކަންބޮޑުވުން
ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް ރާއްޖެއަށް ބިސްކޯދު އެތެރެކޮށް ވިއްކަމުން ގެންދާކަމަށާއި މިގޮތަށް ތަކެތި އެތެރެކުރަން ފުރުސަތު ދެން ނުދޭނެކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ވަކި އެއްޗެއް ބަންދުކުރުމަށް ލޭބަލްކޮށްފައި ހުންނަ ޑަބިޔަލާއި ކޮންޓެއިނާ ފަދަ ތަކެތީގެ ބޭރުގައި އެހެން ލޭބަލެއް ހަރުކޮށްގެން ރާއްޖެއަށް ބިސްކޯދުގެ ބާވަތްތައް އެތެރެކޮށް ވިއްކާކަމަށެވެ.

މިގޮތަށް ތަކެތި އެތެރެކުރާ މިންވަރު މިހާރު އިތުރުވެފައިވާކަމަށާއި މިކަމަކީ ސިއްހީގޮތުން ނުރައްކަލެއް ކުރިމަތިވެދާނެކަމެއް ކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.

މިގޮތަށް ތަކެތި އެތެރެކުރަމުންދަނީ އެ އެއްޗެއްގެ އަސްލު ލޭބަލްގެ މަތީގައި ފަސޭހައިން ނައްޓާލެވޭގޮތަށް ލޭބަލެއް ހަރުކޮށްގެން ކަމަށްވެސް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

އެހެންކަމުން ވަކިބާވަތެއްގެ އެއްޗެއް ބަންދުކުރުމަށް ލޭބަލްކޮށްފައިވާ ޕެކެޓާއި ކޮންޓެއިނާ ފަދަ ތަކެތީގައި އެހެން ބާވަތެއްގެ ތަކެތި ރާއްޖެ އެތެރެކުރުމަށް އަންނަ ފެބރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރުސަތު ނުދޭނެކަމަށްވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް